މި ޕެންޑެމިކާއެކު އެންމެ ބޮޑަށް ވައިގައި ހިފި އެއް ކަމަކީ ގަސް ހެއްދުމެވެ.

ގަސް ވިއްކާ ފިހާރަތަކުގެ ބޭރުގައި އޮންނަ ކިޔު ފެނުމުން މިކަން ނިކަން ރަނގަޅަށް އެނގިގެންދެ އެވެ. ގޭގައި ކިތަންމެ ކުޑަ ހުސްތަންކޮޅެއް އޮތަސް އެތަނެއް ގަހުން އޮންނަނީ ފުރާލައިފަ އެވެ.

ގޭގައި ހައްދާ ގަސްތަކުގެ ތެރެއިން ބައެއް ގަސް ތަކަކީ އެ ގަސް ފެނުމުން އަހަރެމެންގެ ހިތްހަމަ ޖެހުމުގެ އިތުރުން އޭގައި ސިއްހީ ފައިދާތައް ވެސް އެކުލެވޭ ގަސްތަކެވެ. މި ހިއްސާ ކޮށްލަނީ ގޭގައި ގެންގުޅެން އެންމެ ކަމުދާ ބައެއް ގަސްތަކުގެ ލިސްޓެލެވެ.

ޖޭސްމިން

ޖޭސްމިން

ޖޭސްމިން އަކީ ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް ރަނގަޅު އެއްޗެކެވެ. އޭގައި ހުންނަ ކެމިކަލެއްގެ ސަބަބުން އެންޒައިޓީ އާއި މުޑް ސްވިންގްސް ރަނގަޅު ވުމުގެ އިތުރުން ނިދުމަށް ވެސް ފަސޭހަ ކޮށްދެ އެވެ. މީގެ އިތުރުން ޖޭސްމިން އަކީ ޖުމްލަ ގޮތެއްގައި ދިފާއީ ބާރު ވެސް ވަރުގަދަކޮށްދޭ އެއްޗެކެވެ.

ސްޕައިޑާ ޕްލާންޓް

ސްޕައިޑާ ޕްލާންޓް

ސްޕައިޑާ ޕްލާންޓް އަކީ ފޯމަލްޑިހައިޑް، ކާބަން މޮނޮކްސައިޑް އަދި އެހެނިހެން ވިހަ ގޭސްތާ ދެކޮޅަށް މަސައްކަތްކުރުމުގެ ގާބިލުކަން ލިބިގެންވާ އެއްޗެކެވެ. މީގެ އިތުރުން މިއީ މާ ބޮޑު އަޅާލުމެއް ވެސް ބޭނުންވާ ގަހެއް ނޫނެވެ. ކިތަންމެ ކަންނެތް މީހަކަށް ވެސް މި ގަސް ގެންގުޅެވިދާނެ އެވެ.

ޕީސް ލިލީ

ޕީސް ލިލީ

ފީސް ލިލީ އަކީ ގޭތެރެ ޒިނަތްތެރި ކުރުމަށް ބޭނުންކުރެވިދާނެ ގަހެކެވެ. ހޫނު މުސުމުގައި މި ގަހުގައި ވަރަށް ރީތި ހުދު މަލެއް އަޅަ އެވެ. މީގެ އިތުރުން މި ގަހަކީ ފޯމަލްޑިހައިޑް، އެމޯނިއާ އަދި ޓްރައިކްލޮކޮއީތައިލީން ފަދަ ގޭސްތައް އެބްސޯބް ކޮށް، ގޭތެރޭގެ ވައިސާފުކޮށްދޭ ގަހެކެވެ. މީގެ އިތުރުން މި ގަހުން ވަރަށް މީރު ވަހެއް ވެސް ދުވާނެ އެވެ.

ސްނޭކް ޕްލާންޓް

ސްނޭކް ޕްލާންޓް

މިއީ އާންމުކޮށް ނިދާ ކޮޓަރިތެރޭގައި ބެހެއްޓުމަށް ވެސް ވަރަށް ރަނގަޅު ގަހެކެވެ. ސްނޭކް ޕްލާންޓަކީ ވައި ސާފުކޮށްދީ، އޭގައި ހުންނަ ހުރިހާ ޓޮކްސިން މާއްދާތައް ނައްތާލާ ގަހެކެވެ.

އެލޯވެރާ

އެލޯ ވެރާ

އެލޯވެރާ މަޝްހޫރީ އޭގައި ހުންނަ ހީލިން އިފެކްޓަށެވެ. މިއީ ހަންގަނޑު އޮމާންކުރުމުގެ ކުރުމުގެ އިތުރުން ސަން ބާން އާއި ސޮރިއޯސިސް ފަދަ ކަންކަމަށްވެސް ފަރުވާ އެކެވެ.

ރަބާ ޕްލާންޓް

ރަބާ ޕްލާންޓް

ރަބާ ޕްލާންޓްއަކީ ވަރަށް ބޮޑުވާ ގަހެކެވެ. އޭގެ ފަތްތަކުން ވައިގައި ހުންނަ ނުރަނގަޅު މާއްދާތައް ދަމައިގަންނާނެ އެވެ. އެހެން ކަމުން ފޮތިކޮޅަކުން އޭގެ ފަރްތަކުގައި ހުންނަ ހިރަފުސް ގަވައިދުން ފޮޅަންވާނެ އެވެ.

އިންގްލިޝް އައިވީ

އިންގްލިޝް އައިވީ

އިންގްލިޝް އައިވީ އިން އެއާބޯން މޯލްޑްގެ 90 އިންސައްތަ ސާފުކޮށްދެ އެވެ. އެއާބޯން މޯލްޑުން ބައެއް މީހުން އެލާޖިކްވާއިރު ނޭވާހިއްލާ މީހުންނަށް ނިދުމަށް އުނދަގޫ ވެދާނެ އެވެ. އެކަމަކު ސަމާލުކަން ދޭންވީ ކަމަކީ މި ގަހުގެ ފަތަކީ ކެވިއްޖެ ނަމަ ވިހައެއްޗެއް ކަމެވެ. އެހެން ކަމުން ކުޑަކުދިން އަތްފޯރާ ހިސާބުގައި މި ގަސް ބެހެއްޓުން އެދެވިގެން ނުވެ އެވެ.

ބޮސްޓަން ފާން

ބޮސްޓަން ފާން

މިއީ ނެޗުރަލް ހިއުމިޑިފަޔާއެކޭ ބުނެއުޅެ އެވެ. ބޮސްޓަން ފާން އަކީ ވެސް ވައި ސާފުކޮށްދޭ ގަހެކެވެ. މި ގަހަކީ ހައްދަން ފަސޭހަ އަދި ސީދާ އިރުގެ އަލިކަން ބޭނުންވާ ގަހެއް ނޫންނެވެ. އެހެން ނަމަވެސް ގަސް އިންދާފައި ހުންނަ ވެލިގަނޑު ބަހައްޓަން ވާނީ ތެތްކޮށެވެ.