ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ކުރިއަށް ގެންދާ ކުނި ނައްތާލުމުގެ އޮޕަރޭޝަންސްތަކުގައި، ތަކުރާރުކޮށް ފަޅު ތެރެއަށް ކުނި އެޅޭ މައްސަލާގައި 1.1 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު ބުނީ ވެމްކޯއިން ކުނި ނައްތާލުމުގެ އޮޕަރޭޝަންތަކުގައި އެކި ފަހަރު މަތިން ފަޅު ތެރެއަށް ކުނި އެޅެމުންދާ މައްސަލާގައި، ކުނި މެނޭޖްކުރުމުގެ ގަވައިދުގެ ދަށުން އެ ކުންފުންޏާމެދު އިއްޔެ ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

އީޕީއޭއިން އެ މައްސަލާގައި ވެމްކޯ ޖޫރިމަނާކުރީ 1،128،750 ރުފިޔާ އިންނެވެ

ކުނި މެނޭޖް ކުރަން ހާއްސަ ކޮށްގެން، 2009 ވަނަ އަހަރު ވެމްކޯ އުފެއްދި ނަމަވެސް، މުޅި ރާއްޖޭގައި ކުނި ނައްތާލުމުގެ ހާއްސަ މެންޑޭޓަކާއެކު ހަގީގީ މަސައްކަތްތަކެއް ފެށީ 2015 ވަނަ އަހަރު އެވެ.

މާލޭ ސަރަހައްދުގައި ކުނި މެނޭޖް ކުރުމުގެ މަސައްކަތާ އެ ކުންފުނިން ހަވާލުވެފައި ވަނީ 2016 ވަނަ އަހަރު އެވެ.