ޓްރިބަންގާ ގައި ކާޖަލް

ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު ނެޓްފްލިކްސް އަށް އަންނަ ފިލްމު "ޓްރިބަންގާ" ގައި ކާޖަލް ފެނިގެންދާ އިރު މި ފިލްމު ޑައިރެކްޓް ކުރާނީ ވެސް އަންހެން ޑައިރެކްޓަރެއް ކަމަށްވާ ރެނުކާ ޝަހާނޭ އެވެ.

މެޑަމް ޕްރައިމް މިނިސްޓަ ގައި ރިޗާ ޗައްޑާ

މި ފިލްމަކީ އާދައިގެ ދިރިއުޅުމެއްގައި އުޅޭ އަންހެނަކު ސްޓޭޓް ޗީފް މިނިސްޓަރަކަށް ވާ ތަން ދައްކުވައިދޭ ފިލްމެކެވެ. ލީޑު ރޯލުން ރިޗާ ޗައްޑާ ފެނިގެން ދާއިރު މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހުގަ އެވެ.

ޝަކުންބަޓްރާގެ ފިލްމެއްގައި ދީޕިކާ ޕާޑުކޯން

އަދި ނަން ހާމަކޮށްފައި ނުވާ މި ފިލްމުގެ މުހިއްމު ރޯލުތަކުން އަނަންޔާ ޕާންޑޭ އާއި ސިދާތް ޗަޓުރްވޭދީ ފެނިގެން ދިޔަސް މި ފިލްމުގެ މުހިއްމު ރޯލު އަދާކުރާނީ ދީޕިކާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ބައެއް ފަރާތްތަކުން ބުނަމުންދާ ގޮތުގައި މި ފިލްމަކީ ކަރަން ޖޯހަރް ސީދާ ދީޕިކާއަށް ލިޔެ ތައްޔާރުކުރާ ފިލްމެކެވެ. މިހާތަނަށް ކަރަން ޖޯހަރް ވަނީ ދީޕިކާއާއެކު މަސައްކަތްކުރުމަށް ވަރަށް މަސައްކަތް ކޮށްފަ އެވެ. އެހެން ނަމަވެސް މި ފިލްމުގެ ކުރިން ހުށައެޅި ހުރިހާ ފިލްމެއް ވެސް ދީޕިކާ ވަނީ ރިޖެކްޓްކޮށްފަ އެވެ.

ގަންގޫބާއީކަތިއާވަޑީގައި އާލިޔާ ބަޓް

މިއީ ސަންޖޭ ލީލާ ބަންސާލީގެ ފިލްމަކުން އާލިޔާ ބަޓް ފެނިގެންދާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ވެސް ސަންޖޭ ލީލާ ބަންސާލީ ވަނީ އަންހެނުން ލީޑު ރޯލުން ފެނިގެންދާ ވަރުގަދަ ފިލްމުތަކެއް ހަދާފަ އެވެ. އޭގެ ތެރޭގައި މަނީޝާ ކޮއިރަލާ އާއި އެކު "ހާމޯޝީ"، ރާނީ މުކަރްޖީ އާއެކު "ބްލެކް" އަދި ދީޕިކާ ޕާޑުކޯން އާއެކު "ޕަދްމާވަތް" ހިމެނެ އެވެ. ދޭވްދާސް އަކީ ވެސް ބޮޑަށް މަދޫރީ އާއި އައިޝްވާރިޔާގެ ހުނަރު ދައްކުވައިދިން ފިލްމެކެވެ. "ގަންގޫބާއީކަތިއާވަޑީ" ނެރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ދިވާލީ އާއި ދިމާކޮށެވެ.

ރަޝްމީ ރޮކެޓްގައި ތާޕްސީ ޕަންނޫ

މި ފިލްމުގައި ތާޕްސީ ކުޅެނީ ގުޖްރާތްގެ އެތްލީޓެއްގެ ރޯލެވެ. އަދި މި ފިލްމަށް އޭނާ ވަނީ ހަޑިގަނޑަށް ބޮޑެތި ބަދަލުތަކެއް ވެސް ގެނެސްފަ އެވެ. އާކާރްޝް ކުރާނާ ޑައިރެކްޓް ކުރާ މި ފިލްމު ނެރޭނީ މިއަހަރުގެ ކުރީކޮޅުގަ އެވެ.