އަރަމުން އަންނަ ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ކާތިކް އާރްޔަން މުމްބާއީއިން 17 ކްރޯޑް ރުޕީސް އަށްވުރެ ބޮޑު އަގަކަށް އެޕާޓްމަންޓެއް ގަނެފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި ކާތިކް އެޕާޓްމަންޓް ގަނެފައިވަނީ މުމްބާއީގެ ޖުހޫ ސަރަހައްދުންނެވެ. އެ އެޕާޓްމަންޓް ހުރި އިމާރާތުގައި މިހާރު ވެސް އޭނާގެ އާއިލާގެ އިތުރު އެޕާޓްމަންޓެއް ހުރެ އެވެ.
މީގެ ކުރިން ވެސް އެކްޓަރު ޝާހިދު ކަޕޫރުގެ ގެއެއް ކާތިކް ކުއްޔަށް ހިފި ކަމަށް ހަބަރުތައް ފެތުރިފައިވެ އެވެ. އެ ގޭގެ ކުއްޔެއް ކަމަށް ބުނެފައިވަނީ މަހަކު 7.5 ކްރޯޑް ރުޕީސް އެވެ.
ހަބަރުތައް ބުނާ ގޮތުގައި ސިއްދީ ވިނާޔަކް ބިލްޑިންއިން ކާތިކް އަލަށް ގަތް އެޕާޓްމަންޓަކީ 1916 އަކަފޫޓު ބޮޑު އެންމެ ފަހުގެ ފެންވަރަށް ހަދާފައިވާ އެޕާޓްމަންޓެކެވެ.
މި އެޕާޓްމަންޓާއެކު ކާތިކްގެ މިލްކިއްޔާތުގައި ޖުމްލަ ތިން އެޕާޓްމަންޓެއް އެބަހުރި ކަމަށް ހަބަރުތައް ބުނެ އެވެ.
އަތްފޯރާ ފަށުގައި "ސްނޯ" ތަޖުރިބާ ކޮށްލަން ބޭނުންތަ؟
ގާނޫނުގެ ހިމާޔަތެއް ދިވެހިންނަށް ދެން ލިބޭނީ މަގުމަތިން: އިބުރާ