އަންހެނުން ކިއާރާ އަދްވާނީއަކީ އޭނާގެ ހަޔާތަށް ލިބުނު ބޮޑު ރަންގަނޑެއް ކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި ސިދްހާތު މަލްހޯތުރާ ބުނެފި އެވެ.

އިންޓަނެޓުގައި މިހާރު ދައުރުވަމުން އަންނަ ވީޑިއޯއެއްގައި ސިދްހާތު އޭނާގެ އަންހެނުންނާ ބެހޭގޮތުން ވާހަކަ ދައްކާ އަޑު އިވެ އެވެ. އެގޮތުން އޭނާއަކީ މިހާރު ފިރިއެއް ކަމަށާި ޒަވާޖީ ހަޔާތް ވަރަށް އުފާވެރި ކަމަށް ވެސް ސިދްހާތު ބުނެ އެވެ.

ސިދްހާތާއި ކިއާރާ ކައިވެނި ކޮށްފައިވަނީ މިއަހަރުގެ ކުރީކޮޅު ރާޖަސްތާނުގައި ބޭއްވި ހަފްލާ ތަކެއްގަ އެވެ. ކައިވެންޏަށްފަހު އެ ދެމަފިރިން ވެފައިވަނީ ބޮލީވުޑްގެ އާ "ޑްރީމް ކަޕަލް" އަށެވެ.

ކައިވެނިން ދަސްވީ ކޮން އެއްޗެއްތޯ ކުރި ސުވާލަކަށް ޖަވާބު ދެމުން ސިދްހާތު ވަނީ ކައިވެންޏަކީ ދެ މީހެއްގެ ބައިވރިވުން ބޭނުންވާ ކަމެއް ކަމަށާއި އަމިއްލަ އަމިއްލައަށް ނޫޅެވޭނެ ކަމަށް ބުނެފަ އެވެ.

ފިލްމީ މަސައްކަތްތަކަށް ބަލާއިރު ކިއާރާގެ އެންމެ ފަހުގެ ފިލްމު "ސަތުޔަޕްރޭމް ކީ ކަތާ" އަންނަނީ މިހާރު ސިނަމާ ތަކުގައި ދައްކަމުންނެވެ.