ތަކެތީގެ އަގުތައް ހުރި ބައްލަވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގަނޑުވަރުން ނުކުންނަވައި ކައިރި ފިހާރަތަކަށް ވެންނެވުމަށް ޑިމޮކްރެސްޓްއަށް ނިސްބަތްވާ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) އެދިވަޑައިގެންފި އެވެ.
ވައްޑެ މިހެން ވިދާޅުވީ ތަކެތީގެ އަގު ތަކާ ގުޅޭ ގޮތުން ރައީސް ސޯލިހް ރޭ މ. މުލަކުގައި ބޭއްވި ރިޔާސީ ކެމްޕޭންގައި ވިދާޅުވުމާ ގުޅިގެން ރައީސް އަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓެއްގަ އެވެ.
ރޭ ރައީސް ވިދާޅުވީ ރާއްޖޭގައި ތަކެތީގެ އަގު ބޮޑުވިޔަ ނުދޭން ކުރި މަސައްކަތުގެ ނަތީޖާ ފެންނަމުންދާ ކަމަށާއި ކިތަންމެ ބާރަށް މުދަލުގެ އަގު ބޮޑުވެއޭ ވާދަވެރިން ބުންޏަސް، ސެންޓްރަލް ބޭންކުން ބުނަނީ ތަކެތީގެ އަގު ދަށަށް ދާ ވާހަކަ ކަމަށަ ކަމުގަ އެވެ.
އެ ވާހަކައާ ގުޅިގެން ވައްޑެވިދާޅުވީ ގަނޑުވަރުކޮޅުން ނުކުމެވަޑައިގެން ކައިރި ފިހާރައަކަށް ވަދެލައްވާނަމަ އަގުތައް ހުރިގޮތް އެނގިލެއްވީސްކަމަށެވެ.
"ޔޮޓްކޮޅާ ޗާޓަރު ފްލައިޓްތަކުން ފައިބައި އަމިއްލައަށް ޓިކެޓެއް ނަންގަވައިފިނަމަ އަގުތައް ހުރިގޮތް އެނގިލެއްވީސް. އަމިއްލައަށް ޑޮލަރެއް ގަންނަން އުޅުއްވައިފިނަމަ އޭގެ އަގު ހުރިގޮތްވެސް ސާފުވީސް.". ވައްޑެ ވިދާޅުވި އެވެ.
ރައީސް ރޭ ވިދާޅުވީ ސަރުކާރުން މި އަހަރު އަޅަން ފެށި ރަނގަޅު ފިޔަވަޅުތަކުގެ ސަބަބުން %3.4 ގައި އިންފްލޭޝަން ހިފެހެއްޓިފައިވާ ކަމަށެވެ. އަދި ޔޫރަޕްގެ ގައުމުތަކުގައި މިއަދު އިންފްލޭޝަން ހުރީ %9 ގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ސަރުކާރުންވަނީ މިއަހަރުގެ ޖެނުއަރީ 1 ން ފެށިގެން ޖީއެސްޓީ %6 އިން %8 ޕަސެންޓަށް ބޮޑުކޮށްފަ އެވެ. މީގެ އިތުރުން ޑޮލަރު ލިބުން ދަތިވެ ކަޅުބާޒާރުގައި ޑޮލަރުގެ ރޭޓް 17.80 އަށްވަނީ އަރާފަ އެވެ. މި ސަބަބުތަކާހުރެ ބާޒާރުގައި ތަކެތީގެ އަގުވަނީ މަތިވެފަ އެވެ.
އިންފުލޭޝަން ބަލަން ރައީސް ވަޑައިގަންނަވާ ކަށް ނުޖެހެ އެވެ' ސައުތު އޭޝިއަރ ގެ ގައުމުތަ ކުގެ އިންފުލޭޝަން މިހާރު ހުރީ 9% ގައެވެ