މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމާއި، ކީރިތި ޤުރްއާން ހިތުދަސްކޮށްގެން އެއްވަނަ ދަރަޖައިގައި ފާސްވި ހާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ މެޑެލް ދެއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މި އިނާމުތައް ދެއްވީ މި އަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވެވި ރަސްމީ ޖަލްސާގަ އެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު، މި އަހަރު ލިބިވަޑައިގަތީ، 18 ބޭފުޅަކަށެވެ.

އިނާމު ދެއްވާނެ ފަރާތްތައް ކަނޑައަޅުއްވަނީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ހާއްސަ އިނާމާބެހޭ ކޮމިޓީންނެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލު ކުރެއްވީ، މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 15 ބޭފުޅެކެވެ.

ހާއްސަ އިނާމް ލިބުނު ފަރާތްތަކަށް ރައީސް ސޯލިހު އިނާމް ހަވާލުކޮށްދެއްވަނީ.. ފޮޓޯ: ރައީސް އޮފީސް

އަދި، ބައިނަލްއަޤްވާމީ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފް ހޯދައިގެން އިނާމު ހާސިލުކުރީ ދެ ކުއްޖެކެވެ. މީގެއިތުރުން، ހުނަރުވެރި، ފަންނުވެރި، މަސައްކަތްތެރި ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކުރީ އެންމެ ފަރާތަކުންނެވެ.

ހާއްސަ އިނާމް ލިބުނު ފަރާތްތަކަށް ރައީސް ސޯލިހު އިނާމް ހަވާލުކޮށްދެއްވަނީ.. ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ނުވަތަ ލެވެލް 9 ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވީ:

  1. އާއިޝަތު ޒަހާ، ދަފްތަރު. ނަންބަރު ރސ 6834
  2. އަޙްމަދު ޝުޖާއު، ނިޔަމި، ގދ. ފިޔޯރި
  3. އައްޝައިޚް ޙުސައިން ނަޝާޠު އިބްރާހީމް، ދަޑިމަގު. ޑޭޒީ، ޏ. ފުވައްމުލައް
  4. އަޙްމަދު އިބްރާހީމް، މަލަ، ޅ. ނައިފަރު
  5. ޢާއިޝަތު ރިފްޤާ، ކަނީރުގެ، ރ. ރަސްމާދޫ
  6. އަލްއުސްތާޛް ޒައިފް ޙަސަން ފަޟާލް، ހ. ވައިޓްޑައިމަންޑް
  7. އާމިނަތު ޖުމާނާ، ނަލަހިޔާގެ، ހދ. ނެއްލައިދޫ
  8. އިރުނާއު ޝަރީފް، ދޭލިޔާގެ، ބ. ތުޅާދޫ
  9. ލޫޠު އިސްމާޢީލް ޝަފީޤް، ގ. ތުނަ
  10. ޢަލީ އަޙްމަދު، ޖަވާހިރުމާގެ، ފ. ނިލަންދޫ
  11. މުޙައްމަދު އަރުޝަމް ޙުސައިން، ކަޅިރަވަ، ގއ. ގެމަނަފުށި
  12. އަހުމަދު ހާޝިމް، ތުނޑި. ވައިޓްކްރޯން، ލ. ގަން
  13. އަޒުހާ މުޙައްމަދު ޔޫސުފް، މ. ކަގި
  14. އާމިނަތު އިހުސާނާ، އިހުސާން، ރ. ހުޅުދުއްފާރު
  15. ރަނާ މުޙައްމަދު ނައީމް، ހ. އާޝިރުވާދު

ބައިނަލްއަގުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ ބައިނަލްއަޤްވާމީ މިނޫން ވެސް މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯއްދެވީ:

  1. އައިޝަތު ލައިކާ ޙުސައިން، މ. ހަޒާރީވިލާ
  2. އައިޝަތު މާނިޔާ އާދަމް، ގ. ކޯބިން

ހުނަރުވެރި ފަންނުވެރި މަސައްކަތްތެރި ޒުވާނުން ޤައުމީ ތަރައްޤީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައި ވަނީ:

  • ރޮބޯމޭން
ހާއްސަ އިނާމް ލިބުނު ފަރާތްތަކަށް ރައީސް ސޯލިހު އިނާމް ހަވާލުކޮށްދެއްވަނީ.. ފޮޓޯ: ރައީސް އޮފީސް

ކީރިތި ޤުރްއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވެގެން ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މެޑެލް ހާސިލުކުރެއްވި 10 ހާފިޒުންނަކީ:

  1. އަލްހާފިޒާ އާމިނަތު އައިފާ، އަލިވިލާގެ ފ. ބިލެތްދޫ
  2. އަލްހާފިޒް ޝައަފް ޙާމިދު އިބްރާހީމް، މަލާޒް، ޅ. ނައިފަރު
  3. އަލްހާފިޒް އަބާން އިބްރާހީމް، ހ. ލަކީލޮޖްހުޅަނގުބައި
  4. އަލްހާފިޒް މަރްޔަމް މުޙައްމަދުދީދީ، މުއްތުސަންބާގެ، ސ. ހިތަދޫ
  5. އަލްހާފިޒް އަޙްމަދު ރާއިއް ބަޝީރު، ފުނާޑު. ރަޔަން، ޏ. ފުވައްމުލައް
  6. އަލްހާފިޒް ޙަސަން ނަޞީރު، ޒިއުރިކް، ސ. ހިތަދޫ
  7. އަލްހާފިޒާ ރައުޙާ އިސްމާޢީލް، ދިލްޝާދުގެ، ދ. މީދޫ
  8. އަލްހާފިޒާ ޢާއިޝަތު އާން ރަޝީދު، މ. ޝޭޑީރީޖަން
  9. އަލްހާފިޒް އިސްމާޢީލް އިޒުޢާން އިބްރާހީމް، ހުޅުމާލެ ފްލެޓް 02-ޖީ-141
  10. އަލްހާފިޒް މިބުސާމް ސަލްމާން، ހެވަންލީޑް ގދ. ތިނަދޫ

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ހާއްސަ އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ތަހުނިޔާ ވިދާޅުވި އެވެ.