ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲއަށް ބިރު ދެއްކި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ އީވާގެ ދަރިފުޅުގެ ފޮޓޯ ޓްވިޓާގައި ބޭނުންކޮށް، އީވާއަށް ބިރު ދެއްކި މައްސަލައިގެ ތުހުމަތު ކުރެވޭ މީހަކު ކޯޓު އަމުރެއްގެ ދަށުން މިރޭ ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އޭނާ ހައްޔަރު ކޮށްފައި ވަނީ މިރޭ 22:34 ހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ.
"ދަރިފުޅުގެ ފޮޓޯ ޓުވިޓާގައި ބޭނުން ކޮށްގެން އީވާ އަބްދުﷲއަށް ބިރު ދައްކާ މައްސަލައިގައި، ތުހުމަތު ކުރެވޭ މީހަކު މިރޭ ކޯޓު އަމުރެއްގެ ދަށުން ވަނީ ހައްޔަރު ކޮށްފައި،" ފުލުހުން ބުންޏެވެ.
އީވާގެ ދަރިފުޅުގެ ނަމުގައި ހަދާފައިވާ ފޭކް ޓްވިޓާ އެކައުންޓަކުން އަންނަނީ އޭނާއަށް ފުރައްސާރަ ކުރަމުންނެވެ.
ޒުވާނުންނަށް ސްޓްރޯކް ޖެހުން އިތުރުވަނީ، ސަބަބަކީ ކޮބާ؟
ހޮރްމުޒް ކަނޑުއޮޅީގެ ނަން "ޓްރަމްޕް ކަނޑުއޮޅި" އަށް ބަދަލުކުރަނީ
"ޑިޖިޓަލް ޑީޓޮކްސް"އަކުން ސިކުނޑިއަށް ވަނީ ކިހިނެއްކަން އެނގޭތަ؟
