ޓްރީ ޓޮޕް ހޮސްޕިޓަލްގެ "ބެކް ޓު ސްކޫލް" ޕްރޮމޯޝަން މިއަދުން ފެށިގެން މި މަހުގެ ނިޔަލަށް ކުރިއަށް ގެންދަން ނިންމައިފި އެވެ.

އެ ހޮސްޕިޓަލުން ބުނީ މި ޕްރޮމޯޝަނުގެ ބޭނުމަކީ ކުދިން ސްކޫލަށް ދާން ތައްޔާރުވާއިރު، ރަނގަޅު ސިއްހަތެއްގައި ހުރިކަން ކަށަވަރު ކުރުން ކަމަށެވެ. އެގޮތުން މި ޕްރޮމޯޝަންގައި ވެލް ޗައިލްޑް ޕެކޭޖުން އެކި އުމުރުފުރާތަކަށް ހާއްސަކޮށްގެން ތަފާތު ޑިސްކައުންޓްތައް ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

މި ޕެކޭޖްގައި އެކުލެވިގެންވަނީ ތަފާތު އިންވެސްޓިގޭޝަންތަކާއި ޕްރޮސީޖާތަކެވެ. އޭގެ ތެރޭގައި ހިމެނެނީ ކުޑަކުދިންގެ ޑޮކްޓަރާއެކު އެސެސްމަންޓް ހެއްދުން، ފިޒިކަލް އެގްޒެމިނޭޝަން، އިސްކޮޅު، ބަރުދަން، އަދި ބީއެމްއައި، ނިއުޓްރިޝަނަލް އެސެސްމަންޓް، ބްލަޑް ޕްރެޝަރު، ގްލޫކޯޒް ފާސްޓިން، ފުލް ބްލަޑް ކައުންޓް، އަޔަން އެންޑް ފެރިޓިން، ވިޓަމިން ޑީ، ޔޫރިން އެނަލައިސިސް، ވެކްސިން ދިނުމުގެ ޝެޑިއުލް އިސްލާހުކުރުން، ލިވަ ފަންކްޝަން ޓެސްޓް، ރެނަލް ފަންކްޝަން ޓެސްޓް، ޑެންޓިސްޓް ސްކްރީނިން، ޓޯޓަލް ކޮލެސްޓްރޯލް އެޗްޑީއެލް، އަދި ޓްރައިގްލިސެރައިޑްސް، ކުޑަކުދިންގެ ޑޮކްޓަރުންނާއެކު ތަހުގީގުތައް ރިވިއުކުރުން، ޖީ6ޕީޑީ ސްކްރީނިން ހިމެނެ އެވެ.

އެކި އުމުރުފުރާތަކުގެ ޑިސްކައުންޓް ރޭޓްތައް

  • ވެލް ޗައިލްޑް (6 އަހަރުން ދަށުގެ) – 5 ޕަސެންޓް ޑިސްކައުންޓް
  • ވެލް ޗައިލްޑް (6-12 އަހަރު) – 15 ޕަސެންޓް ޑިސްކައުންޓް
  • ވެލް ޗައިލްޑް (13-18 އަހަރު) – 15 ޕަސެންޓް ޑިސްކައުންޓް

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ކުޑަކުދިންގެ ސިއްޙީ ދުޅަހެޔޮކަމަށް ވަރަށް ބޮޑަށް ބާރުއަޅާ ހޮސްޕިޓަލެކެވެ. އެހެންކަމުން ސިއްހީ ޗެކްއަޕް ކުރުމަކީ ކުދިންގެ ސިއްހަތާއި ހެދި ބޮޑުވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. އެހެންކަމުން ބެކް ޓު ސްކޫލް ޕްރޮމޯޝަނަކީ ދިރާސީ އަހަރު ފެށުމުގެ ކުރިން ދަރިންގެ ސިއްހަތަށް އިސްކަންދިނުމަށް ބެލެނިވެރިންނާއި ބެލެނިވެރިން ބާރުއެޅުމަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލެވެ. އެގޮތުން މިހާރު ވެސް މި ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއި އެކު ތަފާތު ޚިދުމަތްތައް ތައާރަފް ކުރަމުންނެވެ.