އަމިއްލަ ޒާތީ ކަންކަމާ މީހުން ބެހުނަސް އެކަންކަމަށް މާބޮޑު ސަމާލުކަމެއް ނުދޭ ކަމަށް ބޮލީވުޑްގެ އަރަމުން އަންނަ ތަރި ސާރާ އަލީ ޚާން ބުނެފި އެވެ.

ސާރާ މިހެން ބުނެފައި ވަނީ އާއްމުންގެ ފަރާތުން ކުރިމަތިވާ ފާޑުކިޔުންތައް ބަލައިގަންނަނީ ކިހިނެއްތޯ ކުރެވުނު ސުވާލަށް ޖަވާބު ދެމުންނެވެ. އެގޮތުން އޭނާގެ ދީނީ ގަބޫލު ކުރުންތަކާއި ހެދުން އަޅާ ގޮތުގެ އިތުރުން ބޭރު ތެރޭގައި އުޅޭ ގޮތަށް މީހުން ފާޑުކިޔަސް އަޅާނުލާ ކަމަށް ސާރާ ބުންޏެެވެ.

"ކުރާ މަސައްކަތަށް ލިބޭ ބިނާ ކުރުވަނިވި ފާޑުކިޔުންތައް އުފަލާއެކު ބަލައިގަންނަން. އެކަމަކު އަހަރެންގެ ޒާތީ ކަންކަމާ ބެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" އޭނާ ބުންޏެވެ.

ސާރާ ބޮލީވުޑަށް ވަނީ ސުޝާންތު ސިންހް ރާޖްޕުތުއާއެކު "ކެދަރްނާތު" އިންނެވެ. އެއަށްފަހު އޭނާ ވަނީ ކާމިޔާބު އެތައް ފިލްމެއްގައި ހަރަކާތްތެރިވެފަ އެވެ.