ޓްރީ ޓޮޕް ހޮސްޕިޓަލްގެ މި އަހަރުގެ ހިތާނީ ކޭމްޕް ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

އެ ކޭމްޕުން 250 އަށް ވުރެ ގިނަ ކުދިންނަށް ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

މި ކޭމްޕްގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ މައިގަނޑު މަގްސަދަކީ ވަޑައިގަންނަވާ މެހެމާނުންނަށް އެންމެ ފުރަތަމަ ކޮންސަލްޓޭޝަން އިން ފެށިގެން ފޮލޯ-އަޕް އާއި ހަމައަށް އެންމެ ފުރިހަމަ އަދި ފަސޭހަކަމާއެކު ހިދުމަތްތައް ފޯރުކޮށްދިނުމަށެވެ.

ހިތާނީ ކޭމްޕުގެ ހަރަކާތްތެރިވެފައިވާ ސިއްހީ މާހިރުންގެ ތެރޭގައ އޮޕަރޭޝަނަށް ހާއްސަ ޑޮކްޓަރުން، ޑރ. ހުސެއިން ހަދިޔެވް، އަދި ޑރ. އުކަތަމް އަބްދުއްލާޔެވްގެ ޑރ. އަބްދުﷲ އުބައިދު، ޑރ. އިބްރާހިމް މޫމިން، ޑރ. މައުމޫން އާސިމް، ޑރ. މުހައްމަދު ޝަރީފްގެ އިތުރުން، ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރ، ޑރ. މެހްމެތު އޮޑަ ހިމެނިވަޑައިގަންނަވަ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލް ހިތާނީ ކޭމްޕު ޕެކޭޖުން ފޯރުކޮށްދޭ ހިދުމަތްތަކަކީ އޮޕަރޭޝަންނަށް ހާއްސަ ޑޮކްޓަރު އަދި ހޭނައްތާ ޑޮކްޓަރު ކޮންސަލްޓޭޝަން، ލެބް އިންވެސްޓިގޭޝަންސް، ސާޖަރީއަށްފަހު ދެވޭ ބޭސް، ޑޭކެއާ ޔުނިޓް ހިދުމަތް އަދި ފޮލޯ އަޕް ކޮންސަލްޓޭޝަން ހިމެނެއެވެ. އަދި ރޫމް އަޕްގްރޭޑް ކުރަން ބޭނުންވާ ބޭފުޅުންނަށް ހާއްސަ އަގުތަކެއް ހިމެނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެގޮތުން މިހާރު ވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.