ޕީޕީއެމްގެ މެމްބަރުން މިއަދު މަގުމަތިވެފައިވާ ކަމަށާއި އެ ޕާޓީގެ ހުރިހާ މެމްބަރުން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްއަށް ވޯޓު ދެއްވުމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
މާމިގިލީގައި މިރޭ ބޭއްވި ޖުމްހޫރީ ޕާޓީގެ ހާއްސަ ޖަލްސާގައި ޑރ. ވަހީދު ވަނީ އެ ޕާޓީއަށް ސޮއިކުރައްވައިފަ އެވެ.
މިފަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރެއްވުމަށް ޑރ. ވަހީދު ޝައުގުވެރިކަން ފާޅު ކުރެއްވި އެވެ. އެހެން ނަމަވެސް ރިޔާސީ އިންތިހާބަށް ޕީޕީއެމް އިން ކެންޑިޑޭޓެއް ނުނެރެ ޕީއެންސީ އިން ކެންޑިޑޭޓެއް ނެރުމުން އެކަމާ ޑރ. ވަހީދު ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވާފަ އެވެ.
މާމިގިލީގައި ޖޭޕީ އިން މިރޭ ބޭއްވި ޖަލްސާގައި އެޕާޓީއަށް ސޮއިކުރެއްވުމަށް ފަހު ޑރ. ވަހީދު ވިދާޅުވީ މިއަދު ޕީޕީއެމްގެ މެމްބަރުން މަގުމަތިވެފައިވާ ކަމަށެވެ. ޕީޕީއެމްގެ އެތެރޭގެ ޑީމޮކްރަސީއެއް ނެތް ކަމަށާ އެކަމުގެ ސަބަބުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓެއް އިންތިހާބުގައި ވާދަ ނުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޑރ. ވަހީދު ވިދާޅުވީ ވޯޓު ކަރުދާހުގައި ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ނަން ނެތްއިރު އެޕާޓީގެ ލޯގޯ ވެސް އަދި ޕާޓީގެ ކުލަ ވެސް ވޯޓު ކަރުދާހުގައި ނެތް ކަމަށެވެ.
"އެ ޕާޓީގެ (ޕީޕީއެމް) އެތެރޭގެ ޑިމޮކްރެޓިކްރެސީ ނެތުމުގެ ސަބަބުން އެއްވެސް މީހަކު އެޕާޓީން ރިޔާސީ އިންތިހާބަށް ނުކުތުމުގެ ފުރުސަތެއް ނުލިބުނު. އޭގެ ސަބަބުން މިއަދު ޕީޕީއެމްގެ ކެންޑިޑޓެއްގެ ނަމެއް ނެތް. ޕީޕީއެމްގެ ކުލައެއް ނިޝާނެއް ވެސް ނެތް. ކޮބައިތޯ ޕީޕީއެމްގެ 40 ހާހެއްހާ މެމްބަރުން. އަޅުގަނޑު ދަންނަވާނީ އަޅުގަނޑު މަގުމަތިވިއްޔާ އެބޭފުޅުން ވެސް ތިބޭނީ މަގުމަތިވެފައޭ،" ޑރ. ވަހީދު ވިދާޅުވި އެވެ.
ޑރ ވަހީދު ވަނީ ޕީޕީއެމްގެ ހުރިހާ މެމްބަރުން ވެސް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް އަށް ވޯޓު ދެއްވުމަށް ގޮވާލައްވާފަ އެވެ. އަދި މިއަދު ބަލަންވީ ވަކި ބޭފުޅަކަށް ނޫން ކަމަށާއި މިއީ ގައުމީ މަސްލަހަތު ހިމާޔަތް ކުރަންވީ ވަގުތު ކަމަށް ޑރ. ވަހީދު ވިދާޅުވި އެވެ.
ޕީޕީއެމުން ވަކިވެ ވަޑައިގެން ރައީސް ޑރ. ވަހީދު ކުރެއްވި ޓުވީޓެއްގަ އެވެ. ޑރ. ވަހީދު ވިދާޅުވީ އެ ޕާޓީން ވަކިވެ ވަޑައިގަންނަވަން ޖެހިވަޑައިގަތީ އެމަނިކުފާނުގެ ހުނަރުތަކާއި، ތަޖުރިބާ އާއި، އިލްމު ހުރިހާ ދިވެހިންނަށް ހަމަހަމަކަމާއެކު ފައިދާ ލިބޭނެ ފަދަ މާހައުލެއްގައި މަސައްކަތް ކުރެއްވުމަށްޓަކައި ކަމަށެވެ.
އެހެންވީ އިރު މިދާކަށް ދުވަހު ޔާމީނު ދޫކުރުވަން ސްޕުރިން ކޯޓް ކުރި މަތީ އޮތީ ލަދެއްވެސް ނުގަނޭދޯ
ތިކިއާ ޣާސިމަށް ވޯޓު ދިނުމެކޭ މާކަނާއަކާ މަސްްފެންގަނޑެއް ބަލަން ހަވާލުކުމެކޭ ވާނީ ހަމަ އެއްވަރު.
ގާސިމް ކާރިއަށް ދިޔާމަ ވަހީދު އަށް ވެރިކަންލިބުނީތަމިހާރު
ގާސިމް އެކަނި ހުރީ ކަމުދާ ކެންޑިޑޭޓަކަށް