ލޯކަލް ކައުންސިލްތަކުން އަންހެނުންނަށް 33 ޕަސެންޓް ގޮނޑި ޚާއްސަކުރި މައްސަލައިގެ ހުކުމް އާދިއްތަ ދުވަހު އިއްވަން ހައި ކޯޓުން ތާވަލްކޮށްފި އެވެ.
ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް މޫސާ އަންވަރު ހައި ކޯޓަށް ހުށަހެޅި އެ މައްސަލައަކީ ކައުންސިލްތަކުގެ 33 ޕަސެންޓް ގޮނޑި އަންހެނުންނަށް ޚާއްސަކުރަން ޖެހޭ ގޮތަށް ލާ މަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ބާތިލްކުރަން ހުށަހެޅި މައްސަލަ އެކެވެ. އެ މައްސަލާގެ އަޑުއެހުންތައް މިދިޔަ ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އޮތީ ނިންމާލައިފަ އެވެ.
ފަސް ފަނޑިޔާރުންގެ ބެންޗަކުން ބައްލަވާ އެ މައްސަލާގެ ހުކުމް އިއްވަން ހަމަޖައްސާފައިވަނީ އާދިއްތަ ދުވަހުގެ މެންދުރު އެވެ.
ކައުންސިލްތަކުން އަންހެނުންނަށް 33 ޕަސެންޓް ގޮނޑި ޚާއްސަ ކުރުމުން ބައެއް ދާއިރާތަކަށް ކުރިމަތިލެވޭނީ ހަމައެކަނި އަންހެނުންނަށެވެ. މޫސާ އަންވަރުގެ މައްސަލާގައި ބުނެފައިވަނީ އެއީ އިންތިޚާބީ ހައްގެއް ހަނި ކުރުން ކަމަށާއި އެއީ ގާނޫނު އަސާސީއާ ޚިލާފް ކަމެއް ކަމަށެވެ.
ކައުންސިލް އިންތިޚާބުގައި 900 އަށް ވުރެ ގިނަ ގޮނޑި އަންހެނުންނަށް ޚާއްސަ ކޮށްފައިވާއިރު، އެ ނޫން ދާއިރާތަކަށް ވެސް އަންހެނުންނަށް ކުރިމަތިލެވެ އެވެ. އެގޮތަށް ގާނޫނު ބަދަލުކުރީ މިދިޔަ އަހަރު އެވެ.
މީދޫ ފޮށި އަލުން ގުނުމުން ކައުންސިލްގެ ރައީސްކަން އެމްޑީއޭއަށް
ބީޓީއެސްގެ އެނބުރި އައުން: އެއް އަހަރު ތެރޭގައި 34 މަންޒިލަކަށް!
އައްޑޫގައި ވިއްކާ ތެލުގެ އަގު އިންތިހާއަށް ބޮޑުކޮށްފި
