މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު އާރިފް (އާއްޓޭ) އިދިކޮޅު ޕީޕީއެމަށް ސޮއިކުރައްވައިފި އެވެ.
ދ. ކުޑަހުވަދޫގައި މިރޭ ބޭއްވި ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭން ޖަލްސާގައި ޕީޕީއެމަށް ސޮއިކުރެއްވުމަށްފަހު އާއްޓޭ ވަނީ އޭނައާ ފޯމު ހަވާލުކުރައްވާފަ އެވެ.
އާއްޓޭ އަކީ ރާއްޖޭގައި ވަރަށް ފުޅާދާއިރާއެއްގައި ވިޔަފާރި ކުރައްވާ ބޭފުޅެކެވެ. ކުރިން އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އާއްޓޭއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރެއްވި ބޭފުޅެކެވެ. އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ބ. އޭދަފުށި ދާއިރާ އަށް އޭނާ ވާދަކުރައްވާފައިވެ އެވެ.
އާއްޓޭ ޕީޕީއެމްގެ ކެމްޕޭންގައި އުޅުއްވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.
18 ކޭސް ދުންފަތާއި 75 ސިނގިރޭޓު ކާޓޫން އަތުލައިގެންފި
ނާޒިމް މަގާމުން ވަކިކުރަނީ މަސްލަހަތު ގެއްލުވާލިކަމަށް ބުނެ
ސާޖިދާ ޔޫކޭއަށް ވަޑައިގަތީ ކުރިން ހަމަޖެހިފައި އޮތް ދަތުރެއްގައި
