ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަދި ސައިފް އަލީ ހާންގެ އަންހެން ދަރިފުޅު ސާރާ އަލީ ހާން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
ސާރާ ރާއްޖެ އައިސްފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ. ސީ ޕްލޭންގައި ރިސޯޓްއަށް ދިޔަ މަގުމަތީގައި ރާއްޖޭގެ ހިތްގައިމުކަން ފެންނަ މަންޒަރުތައް އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ވަނީ ހިއްސާކޮށްފަ އެވެ.
ސާރާ ޗުއްޓީ ހޭދަކުރަމުން ދަނީ ސެންޓް ރެޖިސް މޯލްޑިވްސް ވޮށްމުލި ރިސޯޓްގަ އެވެ. ސާރާއެކު އެ ރިސޯޓުގައި ސާރާގެ ބޭބެ އިބްރާހިމް ސާއިދު އަލީ ޚާން އަދި މަންމަ އަމްރީތާ ސިންގް ވެސް ޗުއްޓީ އެބަ ހޭދަކުރެ އެވެ.
ރިސޯޓްގެ މޫދު ފެންނަހެން ނަގާފައިވާ ހިތްގައިމު ފޮޓޯތަކެއް ސާރާގެ އިންސްޓަގްރާމް މެދުވެރިކޮށް ވަނީ ހިއްސާކޮށްފަ އެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހުގައި ވެސް ސާރާ ވަނީ މަންމަ އަމްރީތާ އާއި ބޭބެ އިބްރާހިމްއާއެކު ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފަ އެވެ.
އެންމެ ފަހުން ސާރާ ފެނިފައި ވަނީ ވަރުން ދަވަން އާއި އެކު “ކޫލީ ނަންބަރު 1” އިންނެވެ. މި ފިލްމަށް ބެލުންތެރިންގެ ގިނަ ފާޑުކިޔުންތައް އަމާޒުވި އެވެ.
ދެން ސާރާ ފެނިގެންދާނީ "އަތްރަންގީ ރޭ" ނަމަކަށް ކިޔާ ފިލްމަކުންނެވެ. މި ފިލްމުގައި ސާރާ އާއި އެކު ދަނުޝް އަދި އަކްޝޭ ކުމާރްވެސް ފެނިގެންދާނެ އެވެ.
ސަމާލުވޭ! ބޮލުގައި ރިހުމަކީ އަބަދު އާދައިގެ ކަމަކަށް ނުވެދާނެ!
ނިދާ ކޮޓަރީގެ އައްޔާ އެއްވަރަށް ފިނި ހޫނުމިން ވެސް މުހިއްމު!
އެކަނިވެރި މައިންގެ އެހީ ޕްރޮގްރާމުން 84 މީހުން އުނިކޮށްފި
