ދުނިޔޭގެ މަޝްހޫރު ފާސްޓު ފުޑް ޗެއިން މެކްޑޮނަލްޑްސްގެ އިންޑިއާގެ ރެސްޓޯރެންޓުތަކުގެ މެނޫއަށް ބޮލީވުޑްގެ ޒުވާން ތަރި ކާތިކް އާރިޔަން ނަން ދީފައިވާ މީލްއެއް މެނޫގައި ހިމަނައިފި އެވެ.

މެކްޑޮނަލްޑްސް އިންޑިއާއިން ބުނީ "ކާތިކް އާރިޔަން މީލް" އަކީ ހަތަރު މީހުންނަށް ކެވޭ ގޮތަށް ތައްޔާރުކޮށްފައިވާ މީލެއް ކަމަށެވެ. މީލްގައި ހިމެނެނީ ކްލެސިކް މެކް އަލޫ ޓިއްކީ ބަގާރ، ޗީޒީ ފްރައިސް އަދި ޕއްޒާ މެކްޕަފް އެވެ.

މެކްޑޮނަޑްސް އިންޑިއާ އިން ކާތިކްގެ ނަމުގައި މީލްއެއް ތައާރަފަކުރި އިރު، އޭނަ އަކީ އެމެރިކާގެ މި މަޝްހޫރު ފާސްޓްފުޑް ޗެއިންގެ އިންޑިއާގެ އެމްބެސެޑަރެކެވެ.

ކާތިކްގެ އެންމެ ފަހުގެ ފިލްމަކީ ޖޫންގައި ރިލީޒްކުރި "ސަތިއަޕްރޭމް ކީ ކާތާ" އެވެ. ކާތިކް މިހާރު އަންނަނީ "ޗަންދޫ ޗެމްޕިއަން"ގެ ނަމުގައި އުފައްދާ ފިލްމެއްގައި މަސައްކަތް ކުރަމުންނެވެ. ޑައިރެކްޓަރު ކަބީރު ޚާންގެ މިފިލްމު ރިލީޒްކުރުމަށް ނިންމާފައިވަނީ އަންނަ އަހަރު އެވެ. އުމުރުން 32 އާތިކް އަކީ ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސްދީފައިވާ ފަންނާނެކެވެ.