އަކްޝޭ ކުމާރަކީ އޭނާގެ އުމުރުގެ އެކްޓަރުންނާ އަޅާބަލާއިރު އަދިވެސް ޒުވާންކޮށް، ސްމާޓްކޮށް ހުންނަ ތަރިއެކެވެ.
ބޮލީވުޑްގައި މަޝްހޫރުއެތައް ފިލްމެއް ކުޅެފައިވާއިރު ކުރިއަށް ވެސް އަކްޝޭގެ ބޮޑެތި ފިލްމްތަކެއް އެބަހުއްޓެވެ.
މީގެ ކުރިން ކަޕިލް ޝަރްމާގެ ޝޯގައި އަކްޝޭ ދިން އިންޓަވިއުއެއްގައި ވަނީ އެންމެ ފުރަތަމަ ލޯބިވެރިޔާ އޭނާއާ ރުޅިވި ސަބަބު ހާމަކޮށްފަ އެވެ.
"މައްސަލައަކީ އަހަންނަކީ ވަރަށް ލަދުރަކި މީހެއް. އަހަރެން ދުވަހަކު އޭނާގެ އަތުގައި ވެސް ނުހިފަން. ކޮނޑަށް އަތްވެސް ނުލަން. އޭނާ ބޭނުންވީ އަހަރެން އޭނާގެ އަތުގައި ހިފާފައި ދޮންދީ ހަދަން. އަހަރެން އެހެން ނެހެދީމަ އޭނަ އަހަރެން ދޫކޮށްފައި ގޮސްސި،" އަކްޝޭ ކިޔައިދިނެވެ.
އަކްޝޭ އާއި އޭނާގެ އަންހެނުން ޓުވިންކަލް ކަންނާ ވަނީ ދާދި ފަހުން އެ ދެމަފިރިންގެ ކައިވެންޏަށް 20 އަހަރު ފުރުން ފާހަގަކޮށްފަ އެވެ.
އަކްޝޭގެ ކުރިއަށް ހުރި މަސައްކަތަށް ބަލާއިރު މިހާރު ވަނީ "ބެލް ބޮޓަމް" ގެ ޝޫޓިން ނިންމާލާފަ އެވެ. އޭގެ ފަހުން "ބައްޗަން ޕާންޑޭ" އަދި "ރާމް ސެޓޫ" ގެޝޫޓިން ވެސް ފަށާނެ އެވެ.
ރަސްމާލޭގެ މާސްޓަޕްލޭން ހަދަން ހުޅުވާލައިފި
އީރާނާއި އެމެރިކާގެ މަންދޫބުން މަޝްވަރާއަށް ދޯހާއަށް ގޮސްފި
ވައިޑް ބޮޑީ އެއާކްރާފްޓުގައި 67،000 ފަސިންޖަރުން އުފުލައިފި
