ބޮލީވުޑްގެ އަސަރުގަދަ ލޯބީގެ ފިލްމު ފްރެންޗައިޒް "އާޝިގީ"ގެ ތިންވަނަ ފިލްމުގެ ޝޫޓިން އަންނަ އަހަރިގެ ޖެނުއަރީގައި ފެށުމަށް ތައްޔާރުވެއްޖެ އެވެ.

މަހޭޝް ބަޓާއި މުކޭޝް ބަޓްގެ ވިޝޭސް ފިލްމްސް އާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެން އުފައްދާ މިފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ ބޮލީވުޑްގައި މިހާރު އެންމެ މަޝްހޫރު އެކްޓަރު ކާތިކް އާރިއަން އެވެ. ކާތިކް މިރޯލަށް ނަގާފައިވާކަން އިއުލާނު ކުރީ

މިދިޔަ އަހަރުގެ ސެޕްޓެމްބަރު 4 ގަ އެވެ.

އަނޫރާގު ބާސޫ ޑައިރެކްޓުކުރާ މި ފިލްމުގެ ލީޑަށް ބަތަލާއަކަށް ނަގާފައިވަނީ ކޮން ފަންނާނެއްކަން އަދި ހާމަކޮށްފައިނުވެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެ ރޯލު ކިއާރާ އަދްވާނީ އާއި ދީޕިކާ ޕަދުކޯން ޖެނިފާ ވިންގެޓަށް ވެސް ފެނިގެން ގޮސްދާނެ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޕްރޮޑިއުސަރު މުކޭޝް ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ "އާޝިގީ 3" ގައި ދެ ބަތަލާއިން ހިމެނޭނެ ކަމަށާއި އޭގެ ތެރެއިން އެކަކީ މަޝްހޫރު ތަރިއެއް ކަމަށާއި އަނެއް ބަތަލާ އަކީ އާ ބަތަލާއެއް ކަމަށެވެ.

"އާޝިގީ"ގެ ފުރަތަމަ ފިލްމު ގެނެސްދިނީ 1990 ގަ އެވެ. އެ ފިލްމުގައި ލީޑު ރޯލުތައް ކުޅުނީ ރާހުލް ރޯއީ އާއި އަނޫ އަގަރުވާލެވެ. އެ ނަމުގައި ދެވަނަ ފިލްމެއް ގެނެސްދިނީ 2013 ވަނަ އަހަރެވެ. ޝްރައްދާ ކަޕޫރާއި އަދީތިޔަ ރޯއީ ކަޕޫރު ލީޑު ރޯލުތައް ކުޅުނު އެ ފިލްމަކީ ވަރަށް ހިޓުވި، ކާމިޔާބު ފިލްމެކެވެ.