ކަލާޒްގެ ރިއަލިޓީ ޝޯ "ބިގް ބޮސް 14" ގައި ވާދަކުރި ލަވަކިޔުންތެރިޔާ ރާހުލް ވައިދިއާ އާއި ޓީވީ ބަތަލާ ޑިޝާ ޕަރްމަރްއަށް އަންހެން ކުއްޖެއް ލިބިއްޖެ އެވެ.

ޑިޝާ އާއި ރާހުލް ވަނީ އެމީހުންނަށް އަންހެން ކުއްޖެއް ލިބުނުކަން އެމީހުންގެ ސޯޝަލް މީޑިއާ އެކައުންޓުން ހިއްސާ ކޮށްފަ އެވެ. އެއާއި އެކުގައި ގިނަ ބަޔަކު ވަނީ އެމީހުންނަށް ތަހުނިޔާ ކިޔައިފައ ިއެވެ.

އެމީހުނަށް ދަރިއަކު ލިބެން އުޅޭކަން އިއުލާން ކުރީ މި އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު އެވެ.

https://www.facebook.com/photo.php?fbid=933277868152415&set=a.261676335312575&type=3&ref=embed_post

ދިޝާ އެންމެ ފަހުން ފެނިގެން ދިއައީ ނަކޫލް މެހެތާއާ އެކު "ބަޑޭ އަޗޭ ލަގްތޭ ހޭ 3″ އިންނެވެ. "ބަޑޭ އައްޗޭ ލަގްތޭ ހޭ 3″ 25 މެއި 2023 ގައި ޕްރިމިއާކޮށްފައި ވާއިރުގައި އޮފް އެއާ ކުރަން ފެށީ އޮގަސްޓް 11، 2023 ގަ އެވެ.

ރާހުލް އަކީ "އިންޑިއަން އައިޑޮލް" ގެ ފުރަތަމަ ސީޒަނުން ވިދި ފަންނާނެކެވެ.

ރާހުލް، 35، އާއި ޑިޝާ، 29، ކައިވެނިކުރީ 2021 ގަ އެވެ.