ދިވެހި ފިލްމީ ދާއިރާގެ އެންމެ މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދު ޕްރޮޑިއުސްކޮށް، ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކުރާ ފިލްމު "ކަޅަކި" އަންނަ މަހު 7 ގައި އޮލިމްޕަހުގައި ރިލީޒްކުރުމަށް ނިންމައިފި އެވެ.

މި ފިލްމުގެ ޓްރެއިލާ މިހާރު ބެލުންތެރިންނަށް ދޫކޮށްލާފައިވާއިރު މި ފިލްމުގައި ފެނިގެންދާނީ ޔޫއްޕެ އާއި އަލީ ސީޒަން އާއި މުހައްމަދު މަނިކު އާއި ރިޝްފާގެ އިތުރުން ލަހޫ އާއި ޝިޔާ އެވެ.

2020 ކުރީކޮޅު ލަންކާގައި ޝޫޓްކޮށްފައިވާ "ކަޅަކި" ގައި ދައްކުވައި ދޭނީ ޗުއްޓީއަކަށް ދާ ގްރޫޕަކަށް އެ މީހުން ތިބޭ ގެއިން ކުރިމަތިވާ ބިރުވެރި ހާދިސާތަކަކާ ގުޅިގެން، ޗުއްޓީ ދަތުރު ހަރާބުވެގެންދާ ގޮތެވެ.

https://www.facebook.com/watch/?v=294168153227790&t=0

އޮލިމްޕަހުގައި މިހާރު ވެސް ދައްކަމުން އަންނަނީ ޔޫއްޕެ ޑައިރެކްޓްކުރި ކޮމެޑީ ފިލްމު "ޖޯކަރު" އެވެ. އޭނަ ކުރިން ގެނެސްދިން ބިރުވެރި ފިލްމުތަކުގެ ތެރޭގައި ފުރަތަމަ ޑައިރެކްޝަން "އެ ދަތުރު" ގެ އިތުރުން "ދައުވަތު" ހިމެނެ އެވެ.

"ކަޅަކި" އަކީ ނިއުޒޯ ފިލްމްސް އިން 2019 ގެނެސްދިން ނިއުމާ އެކްޓިން އަށް އަލްވަދާއުކީ ފިލްމު "ނިވައިރޯޅީ" އަށް ފަހު، އެ ތައްގަނޑުގައި ގެނެސްދޭނެ ދެވަނަ ފިލްމެވެ.

"ކަޅަކި" ގެ އިތުރުން ވެސް އެހެން ފިލްމެއް ނިއުޒޯ އިން އިއުލާންކޮށްފައިވެ އެވެ. އެއީ ރަވީ ފާރޫގް ޑައިރެކްޓްކުރާ "ގޯނާ" އެވެ.