ނިކް ޖޯނަސްއާއި ޕްރިޔަންކާ ޗޯޕްރާއަކީ ބޮލީވުޑްގެ އިތުރުން ހޮލީވުޑްގައި ވެސް ގިނަ ބައެއްގެ ލޯބި ލިބިފައިވާ ޖޯޑެކެވެ. އެހެން ނަމަވެސް އެ ދެމީހުންނަކީ އެެކި ސަބަބުތަކަށްޓަކައި ގިނަ ބައެއްގެ ފާޑުކިޔުން ވެސް އަމާޒުވެފައިވާ ދެ މީހުންނެވެ.

އޭގެ ތެރެއިން އެއް ކަމަކީ އެދެމީހުންގެ މެދުގައިވާ އުމުރުގެ ތަފާތެވެ. ޕްރިޔަންކާ ނިކްއަށްވުރެ 10 އަހަރު ދޮށިއިރު އެ ދެމީހުންގެ ގުޅުމުގައި އެންމެ ގިނަ މީހުން ފާހަގަ ކުރީ އެ ކަމެވެ. އެ ސަބަބަށްޓަކައި ގިނަ ފާޑުކިޔުންތަކެއް ވެސް އެ ދެމީހުންނަށް ލިބުނެވެ.

އެހެން ނަމަވެސް އެ ފާޑުކިޔުންތަކަށް ވަރުގަދަ ރައްދެއް ޕްރިޔަންކާ ވަނީ ދީފަ އެވެ. މީގެ ކުރިން ދިން އިންޓަވިއުއެއްގައި އޭނާ ވަނީ އޭނާއާއި ނިކްގެ އުމުރާއި އެކަމާ ގުޅިގެން ދިމާވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ.

އެގޮތުން ޕްރިޔަންކާ ބުނީ އުމުރުގެ ތަފާތުގެ ސަބަބުން އެ ދެމަފިރިންނަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވި ކަމަށާއި އެއާއެކު ވެސް އެ ދެމީހުންގެ ލޯބި ވީ ވަރުގަދަ ކަމަށެވެ.

އޭގެ އިތުރުން ޕްރިޔަންކާ ވަނީ މީހުންގެ ވިސްނުމުގައި ދެފުށް ދެގޮތްކަން ހުންނަކަން ވެސް ފާހަގަ ކޮށްފަ އެވެ. އެގޮތުން ކައިވެންޏެއްގައި އަނބިމީހާއަށްވުރެ ފިރިމީހާގެ އުމުރު ދޮށިވުމުން އެއްވެސް މީހަކު އަޅާނުލާ ކަމަށާއި އެހެން ނަމަވެސް އަނބިމީހާގެ އުމުރު ދޮށިވުމުން މައްސަލައަކަށްވާ ކަމަށެވެ.

އަހަރެއްހާ ދުވަހު ރައްޓެހިވެގެން އުޅުމަށްފަހު ނިކްއާއި ޕްރިޔަންކާ ކައިވެނި ކޮށްފައިވަނީ 2017 ވަނަ އަހަރު އެވެ. އެ ދެމީހުންނަށް ވަނީ ސަރޮރަސީ މެދުވެރިކޮށް އަންހެން ކުއްޖަކު ވެސް ލިބިފަ އެވެ.