އެތަނުގެ ނަން ބުނުމުން އެއީ ކޮން ތަނެއްކަން ނޭނގޭ ދިވެއްސަކު މަދުވާނެ އެވެ. އެ ތަނުގެ ތަފާތު ފަރުމާއާއި ޑިޒައިނުގެ ސަބަބުން އެތައް ވަކި ކުރަން ނޭނގޭ މީހަކު ނޫޅެނެ އެވެ. އެއީ އޮސްޓްރޭލިއާގެ ވެރިރަށް ސިޑްނީގައި ހުންނަ އޮޕެރާ ހައުސް އެވެ.

އާޓްސް މައުރަޒެއްގެ ގޮތުގައި 1973 ވަނަ އަހަރުގެ 20 ވަނަ ދުވަހު ހުޅުވުނު އޮޕެރާ ހައުސްއަކީ 20 ވަނަ ގަރުނުގެ އެންމެ މޮޅަށް އިމާރާތް ކުރެވިފައިވާ އިމާރާތްތަކުގެ ތެރެއިން އިމާރާތެކެވެ.

އިނގިރޭސި ވިލާތުގެ ކުރީގެ ރާނީ އެލިޒަބަތު ރަސްމީކޮށް ހުޅުއްވައިދެއްވި އޮޕެރާ ހައުސްއަކީ މިިހާރުވެސް އޮސްޓްރޭލިއާގެ އެންމެ މަގުބޫލު މަންޒިލްގެ ގޮތުގައި ބެލެވެޭ ތަނެވެ. އެތަން ބަލާލަން އަހަރަކު މިލިއަނަށްވުރެ ފަތުރުވެރިން އާދެ އެވެ.

މި ހިނގާ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހަށް އޮޕެރާ ހައުސްއަށް 50 އަހަރު ފުރޭއިރު އެ ތަނަކީ 20ވަނަ ގަރުނުގެ "މާސްޓާ ޕީސް"އެއްގެ ގޮތުގައި ދުނިޔޭގެ ތަރިކަ ޖަމިއްޔާ ޔުނެސްކޯއިން ބުނެފައިވެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި 2020 ވަނަ އަހަރު އެ އިމާރާތުގެ އަގު ގާތްގަނޑަކަށް 11.4 ބިލިއަން ޑޮލަރަށް އަރާނެ އެވެ. މިއީ އެ އިމާރާތް އެންމެ ފުރަތަމަ ހުޅުވުނު އިރަށްވުރެ އެތައް ގުނައެއް ބޮޑު އަގެކެވެ.

50 އަހަރު ވެގެން ދިޔައިރު އޮޕެރާ ހައުސްއަށް މާ ބޮޑު ބަދަލެއް އައިސްފައި ނުވާއިރު ކުރިއަށް އޮތް އަހަރުތަކުގައި ވެސް އެތަން އެގޮތުގައި ދަމަހައްޓަން އޮސްޓްރޭލިއާގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރެ އެވެ.

އެގޮތުން އޮޕެރާ ހައުސްއަކީ އޮސްޓްރޭލިއާގެ ތާރީހާއި ސަގާފަތާ ގުޅިލާމެހިފައިވާ ތަނެއް ކަމަށާއި އޮސްޓްރޭލިއާ ގިނަ މީހުންނަށް ފާހަގަވަނީ ވެސް އޮޕެރާ ހައުސްގެ ސަބަބުން ކަން އެގައުމުގެ އިދާރާތަކުން ފާހަގަކުރެ އެވެ.