ސްވިޓްޒަލޭންޑްގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ރާޑޯ" ގަޑީގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރަށް ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފް ހަމަޖައްސައިފި އެވެ.
ބޮލީވުޑްގެ ވަރަށް ގިނަ ތަރިންނަކީ ފިލްމު ކުޅުމުގެ އިތުރަށް އެކި ވިޔަފާރި ވެސް ކުރަމުން އަންނަ ފަންނާނުންނެވެ. އަދި މަޝްހޫރު ބްރޭންޑްތަކުގެ އެމްބެސެޑަރުކަން ވެސް ކޮންގެން އާމްދަނީ ހޯދާ ފަންނާނުން ގިނަ އެވެ. އެގޮތުން މަޝްހޫރު ބަތަލާ ކެޓްރީނާ އަކީ ގިނަ މަޝްހޫރު ބްރޭންޑްތަކުގެ އެމްބެސެޑަރެކެވެ.
އެންމެ ފަހު ކެޓްރީނާ މިވަނީ ސްވިޓްޒަލޭންޑް މަޝްހޫރު ގަޑި ބްރޭންޑެއް ކަމަށްވާ "ރާޑޯ" ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖައްސާފަ އެވެ.
ކެޓްރީނާ ބުނީ އެ ބްރޭންޑް ޕްރޮމޯޓްކޮށް، އިޝްތިހާރުކޮށް ދޭން ފުރުސަތު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށާއި އެފަދަ ފުރުސަތެއް ލިބުނީތީ ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކުރާ ކަމަށެވެ.
"ރާޑޯ ބްރޭންޑްގެ ގަޑި އަކީ އަހަރެންގެ އަބަދުގެ ފެވަރިޓެއް ވެސް މެ. މިއީ ޑިޒައިނާއި އޭގެ ކޮލިޓީ ވެސް ވަރަށް ހިތްގައިމު މޮޅި ބްރޭންޑެއް،" ކެޓްރީނާ ބުންޏެވެ.
މިދިޔަ މަހުގެ ތެރޭގައި އިއްތިހާދު އެއާލައިންގެ އެމްބެސެޑަރަކަށް ވެސް ކެޓްރީނާ ހަމަޖައްސާފައިވެ އެވެ.
އޭނަގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 12 ގައި ރިލީޒްކުރާ "ޓައިގާ 3" އެވެ.
ފިލްމު ފްރެންޗައިޒް "އެވެޓާ"ގެ މުސްތަގްބަލް އޮތީ ކިހިނެއް؟
"ދުރަންދަރް 2"އަށް މުގުރާ ނުލެވުނު ފުރަތަމަ ފިލްމުގެ ރެކޯޑެއް!
ލިމިޓެއްނެތް ފައިބާ ޕެކޭޖްތަކާއެކު ހޯމްކޮންޓެންޓް ތަކަފުލް ހިލޭ