އިޒްރޭލާއި ހަމާސް ޖަމާއަތާ ދެމެދު މިހާރު ކުރިއަށްދާ ހަނގުރާމައާ ބެހޭ ގޮތުން ކަންގަނާ ދެއްކި ވާހަކަތަކަށް އާއްމުންގެ ފާޑުކިޔުން އަމާޒުވާން ފަށައިފި އެވެ.

މީގެ ދެ ދުވަހެއްވަރު ކުރިން އިޒްރޭލުން އިންޑިއާއަށް ކަނޑައަޅާފައި ހުންނަ ސަފީރާ ބައްދަލުކޮށް ކަންގަނާ ބުނީ އިޒްރޭލަށް އެގައުމުގެ ދިފާއުގައު މަސައްކަތް ކުރުމުގެ ހައްގު ލިބިފައިވާ ކަމަށެވެ.

"އަހަރެން އުއްމީދު ކުރަން މި ކުރިމަތިލުމުގައި އިޒްރޭލަށް ފުރިހަމަ ކާމިޔާބީއެއް ލިބޭނެ ކަމަށް" ބައްދަލުވުމަށްފަހު ކަންގަނާ ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

އިޒްރޭލުގެ ސަފީރު ވެސް ވަނީ ކަންގަނާގެ އިތުރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއަށް ޝުކުރު އަދާކޮށް އިންސްޓަގްރާމް ޕޯސްޓެއް ކޮށްފަ އެވެ.

ކަންގަނާގެ މި ވާހަކަތަކާއެކު އޭނާއަށް ވަނީ އާއްމުންގެ ފާާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. އޭގެ ތެރޭގައި ގިނައީ އިންޑިއާގެ މުސްލިމުންނެވެ.

އިންޑިއާއަކީ ފެށުނީއްސުރެ އިޒްރޭލުގެ އަނިޔާވެރިކަމަށް ތާއީދުކޮށް އެކަމަށް ހިތްވަރުދޭ ގައުމެކެވެ. އިންޑިއާއިން ވަނީ ފާޅުގައި އިޒްރޭލަށް ތާއީދުކޮށް ވާހަކަ ދައްކާފަ އެވެ.