ޝާހިދު ކަޕޫރާއި އޭނާގެ އަންހެނުން މީރާ ކަޕޫރަކީ ބޮލީވުޑްގެ އެންމެ ލޯބި އެއް ޖޯޑެވެ.

ދެހާސް ފަނަރަ ވަނަ އަހަރުގެ ޖުލައި މަހުގެ ހަތް ވަނަ ދުވަހު ކައިވެނި ކުރި މި ދެ މީހުންގެ މިހާރު ދެ ދަރިން ވެސް އެބަތިއްބެވެ. އެއީ މީޝާ އާއި ޒައިން އެވެ.

ދާދިފަހުން އިންޑިއާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި މީރާ ވަނީ އޭނާ އާއި ޝާހިދު އެންމެ ފުރަތަމަ ބައްދަލުވި ގޮތް ކިޔާދީފަ އެވެ.

"އަހަރެމެން ބައްދަލުވީ ރައްޓެއްސެއްގެ ގޭގައި އޮތް ސޫފީ ލަވަކިޔުންތެރިއެއްގެ ކޮންސެޓަކުން. އޭރު އަހަރެންގެ އުމުރުން ވާނީ 16 އަހަރު،" މީރާ ކިޔައިދިނެވެ.

މީރާ އިތުރަށް ބުނި ގޮތުގައި އޭނާގެ ބައްޕަ އަދި ޝާހިދުގެ ބައްޕައަކީ ވެސް ސޫފީ ލަވަތަކަށް ވަރަށް ލޯބިކުރާ ދެ މީހުންނެވެ.

ފިލްމީ ދާއިރާގައި ޝާހިދުގެ މަސައްކަތްތަކަށް ބަލާއިރު އޭނާ ވަނީ "ޖާޒީ"ގެ މަސައްކަތް ނިންމާލާފަ އެވެ. މިހާރު ޝާހިދު ދަނީ އާއިލާއާއި އެކު ގޯއާގައި ޗުއްޓީ ހޭދަކުރަމުންނެވެ.