ޕްރިޔަންކާ ޗޯޕްރާއާއި އޭނާގެ އާއިލާ ވަނީ ދާދި ފަހުން އިންޑިއާގައި ދުވަސްތަކެއް ހޭދެކޮށްފަ އެވެ. މި ދުވަސްތަކުގައި ޕްރިޔަންކާ ވަނީ ބޮލީވުޑްގެ މަސައްކަތްތަކާ ބެހޭ ގޮތުން ބައެއް ޕްރޮޑިއުސަރުންނާ ވާހަކަ ދައްކާފަ އެވެ.
އެގޮތުން އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުންނަމަ އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު ބޮލީވުޑްގައި ޕްރިޔަންކާގެ ފުރަތަމަ މަސައްކަތަކަށް ވާނީ "ޑޮން 3" އެވެ.
މަގުބޫލު ފިލްމު ފްރެންޗައިޒްގެ ތިންވަނަ ފިލްމު އިއުލާން ކުރެވިފައިވާއިރު އެ ފިލްމުގެ ފިރިހެން ލީޑަކަށް ރަންވީރު ސިންހް ވަނީ ހަމަޖެހިފަ އެވެ.
ރަންވީރު ސިންހް ޑޮންއަށް ހަމަޖެއްސުމާއެކު އެ ފްރެންޗައިޒްގެ ފުރަތަމަ ދެ ފިލްމުން ލީޑެއްގެ ގޮތުގައި ފެނުނު ޝާހްރުކް ޚާންގެ ސަޕޯޓަރުން ވަނީ ނުރުހުން ވެސް ފާޅުކޮށްފަ އެވެ.
އޭގެ ފަހުން އަންހެން ލީޑެއްގެ ވާހަކަ މީޑިއާގައި ދެކެވެން ފެށިއިރު ގިނަ ނަންތަކެއް އެ ރޯލަށް ވެސް ފެންމަތިވި އެވެ.
އެހެން ނަމަވެސް ހަބަރުތައް ބުނާ ގޮތުން ނަމަ ޕްރިޔަންކާ މިހާރު ވަނީ އެ ރޯލަށް އާނބަސް ބުނެފަ އެވެ. ޕްރިޔަންކާވަނީ ޑޮންގެ ފުރަތަމަ ފިލްމުގައި ޝާހްރުކް ޚާންއާއެކު ފެނިގެން ގޮސްފަ އެވެ.
ދިރާގުގެ ސީއީއޯ އިސްމާއިލް ރިޓަޔާކުރައްވައިފި
ފްރާންސް ގަދަ 16އަށް، ދެ ލަނޑާއެކު އެމްބާޕޭއަށް އިތުރު ރެކޯޑެއް
ކޮންގޯގެ "ސްޓެޗޫ" ސަޕޯޓަރަށް އެމެރިކާގެ ވިސާއެއް ނުލިބުނު!