މިސަރުކާރުގެ މިނިސްޓާ އޮފް ހައުސިން, ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަލީ ހައިދަރު އަހުމަދު އަށް ރުހުން ނުދޭން އެމްޑީޕީގެ މެމްބަރުން ގޮވާލައިފި އެވެ.
ހައުސިން މިނިސްޓަރަށް ރުހުން ނުދޭން ގޮވާލީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމް އެވެ. މިނިސްޓަރަށް ރުހުން ނުދޭން ގޮވާލީ ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން އިއުލާން ކޮށްފައިވާ ފްލެޓް ލިބޭ މީހުންގެ ލިސްޓު ރިވިއުކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވުމުންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މީކާއިލް ވިދާޅުވީ އެހެން ވަޒީރުންނަށް ރުހުން ދޭން އެމްޑީޕީން ނިންމިކަމުގައި ވިޔަސް އޭނާ މިނިސްޓަރު ހައިދަރަށް ރުހުން ދޭން ވޯޓު ނުދޭނެ ކަމަށެވެ. މީކާއިލް ވިދޅާުވީ މިނިސްޓާ ހައިދަރު ވަނީ މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަން ފޭރިގެންފައި ކަމަށެވެ.
"ފެންނަނީ މިސަރުކާރުން މާލޭ ރަށްވެހިންގެ އަދި މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަން ފޭރިގަންނަ މަންޒަރު. ފުށިދިއްގަރު ފަޅު ހިއްކަން [ބަޖެޓުގައި] ޖަހާފަ އޮތް 400 މިލިއަން ރުފިޔާ އިން ފެންނަނީ މިސަރުކާރުން އަދި މިސަރުކާރުގެ ހައުސިން މިނިސްޓަރު އިއްޔެ އެދެއްވި ޕްރެސް ކޮންފަރެންސްއިން ކަށަވަރު ވަނީ މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަން ފޭރިގަންނަން މިސަރުކާރުން ތައްޔާރުވެފައިވާ މިންވަރު،" މީކާއީލް ވިދާޅުވި އެވެ.
މީކާއިލް ވިދާލުވީ މިނިސްޓަރުންނަށް ރުހުންދޭން އެމްޑީޕީން ތްރީލައިންވިޕެއް ނެރުން ކަމަށްވިޔަސް ގަލޮޅު ދެކުނު ދާއިރާގެ ވޯޓެއް ނުލިބޭނެ ކަމަށެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނސްޓަރު އަލީ ހައިދަރު ވިދާޅުވީ ފްލެޓާއި ގޯތި ދޫކުރުން އިންތިގާލީ މަރުހަލާގައި މަޑު ޖައްސާލަން އެދިފައިވީ ނަމަވެސް ކުރީ ސަރުކާރުން އެކަމަށް އިހްތިރާމް ކޮށްފައި ނުވާ ކަމަށެވެ. އެހެންވީމާ ބޯހިޔާ ވަހިކަމަށް ކުރީ ސަރުކާރުން ދީފައިވާ އެއްވެސް ގޯއްޗެއް އަދި ގެދޮރުވެރިކުރުމަށް ދޫކޮށްފައިވާ އެއްވެސް ބޯހިޔާވަހިކަމަކަށް މިސަރުކަރުން ވެސް ނުބަލާނެ ކަމަށެވެ.
ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން އިއުލާން ކޮށްފައިވާ ފްލެޓް ލިބޭ މީހުންގެ ލިސްޓު ރިވިއު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ބްރިޖުން ނުގުޅޭ ހިސާބުގައި ބޮޑު ބިމެއް ހިއްކާފަ މާލޭ މީހުން ފޮނުވަން އުޅުމަށް ވުރެން ތުލުސްދޫ ނޫނީ ކާށިދޫ ތަރައްހީ ކޮއްފަ އެތަނަށް ފޮނުވިއްޔާ މާބޮޑަށްވެސް ތިޔަ އިސްރާފު ނުކޮށް ވާނެއެވެ. ތިޔަ އުޅެނީ މިގަރުނުގެ އެންމެ ބޮޑު އިސްރާފު ކުރާށެވެ.