ސަރުކާރުން ހަބަރާއި މައުލޫމާތު ފޯރުކޮށްދިނުމުގައި މީޑިއާތަކުގެ މެދުގައި ތަފާތެއް ނުކުރާނެ ކަމަށާއި މީޑިއާތަކުގެ 'ބްލެކް ލިސްޓެއް' މި ސަރުކާރަކުން ނުގެންގުޅޭނެ ކަމަށް ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިޔުނިކޭޝަން މިނިސްޓަރު އިބްރާހީމް ޚަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

ހަލީލް މިފަދައިން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު މީޑިއާތަކުގެ އިސްފަރާތްތަކާއެކު ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުވުމުގައި މަޝްވަރާކޮށްފައި ވަނީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއް ކަމުގައިވާ ދައުލަތުގެ ބަޖެޓުން ނޫސް މީޑިއާތަކަށް ވަކި މިންވަރެއް ދިނުމަށް ކަނޑައެޅުމަށް ވެވެޑައިގެންނެވި ވައުދުގެ ކަންކަން ތަންފީޒުކުރުމުގައި ޢަމަލުކުރާނެ އުސޫލުތަކެއް ކަނޑައެޅުމާ ބެހޭ ގޮތުންނެވެ. އަދި މި އުސޫލުތައް ކަނޑައެޅުމުގައި މީޑިއާތަކުގެ ހިޔާލު ވަނީ ހޯދައިފަ އެވެ.

މީޑިއާތަކުގެ އިސްވެރިންނާއެކު ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިޔުނިކޭޝަން ޑިޕާޓްމަންޓްއިން ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން...

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިޔުނިކޭޝަން މިނިސްޓަރު އިބްރާހީމް ހަލީލް، ވިދާޅުވިގޮތުގައި ސަރުކާރުން ހަބަރާއި މައުލޫމާތު ފޯރުކޮށް ދެއްވުމުގައި މީޑިއާތަކުގެ މެދުގައި ތަފާތެއް ނުކުރައްވާނެ އެވެ. އަދި މީޑިއާތަކުގެ 'ބްލެކް ލިސްޓެއް' މި ސަރުކާރަކުން ނުގެންގުޅުއްވާނެ ކަމަށްވެސް ހަލީލު ވިދާޅުވި އެވެ.

މީޑިއާތަކުގެ ކުރިއެރުމަށް ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދެއްވައި، ރައީސްގެ ރިޔާސީ ވައުދުތަކުގައި ހިމެނޭ މީޑިއާ ވިލެޖް ގާއިމުކުރުމާއި، މީޑިއާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުން ފަދަ ހުރިހާކަމެއް ވެސް ސަރުކާރުން ހާއްސަ ސަމާލުކަމަކާ އެކު ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން ވެސް މި ބައްދަލުވުމުގައި ވަނީ ދެއްވައިފަ އެވެ.

މީޑިއާތަކުގެ އިސްވެރިންނާއެކު ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިޔުނިކޭޝަން ޑިޕާޓްމަންޓްއިން ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން...

އަދި މީޑިއާތަކަށް މައުލޫމާތު ހާމަކުރުމާއި މީޑިއާތަކަށް ސަރުކާރުން ކޮށްދެއްވަން ވައުދުވެވަޑައިގެންފައިވާ ކަންކަން ކޮށްދިނުމުގައި ކަމާ ގުޅުންހުރި ސަރުކާރުގެ އިދާރާތަކުން މަސައްކަތް ކުރަމުންދާގޮތް ވަރަށް ގާތުން ރައީސް އޮފީހުގެ ކޮމިޔުނިކޭޝަން ޑިޕާޓްމަންޓުން ބައްލަވަމުން ގެންދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މީޑިއާތަކުގެ އިސްވެރިންނާއެކު ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިޔުނިކޭޝަން ޑިޕާޓްމަންޓްއިން ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން...

ރާއްޖޭގައި ހިދުމަތްދޭ ގިނަ މީޑިއާތަކެއްގެ އިސްފަރާތްތަކުން ބައިވެރިވި މި ބައްދަލުވުމުގައި، މީޑިއާތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ މައުލޫމާތު، މީޑިއާތަކުގެ އިސްފަރާތްތަކުން ހިއްސާކުރައްވައި، އެކަންކަމަށް ހައްލު ހޯދޭނެ ގޮތްތަކާ ބެހޭގޮތުން ވެސް ބައެއް މަޝްވަރާތައް ކުރެއްވި އެވެ.

މީޑިއާތަކާ މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމުގެ ބައްދަލުވުންތައް ސިލްސިލާކޮށް ރައީސް އޮފީހުން ކުރިޔަށް ގެންދަވާނެ އެވެ.