ލަންޑަން (1 ފެބްރުއަރީ)- އިނގިރޭސިވިލާތުގެ ދެކުނު ސަރަހައްދަކުން އެއްވެސް ގޮތަކަށް ބޭރަށް ދަތުރުކޮށްފައި ނުވާ އަދި އެއްވެސް ކަހަލަ ޕޮޒިޓިވް ކޮންޓެކްޓެއް ނެތް ދެ މީހެއްގެ ގައިން ސައުތު އެފްރިކާގެ ކޮވިޑް ވޭރިއަންޓް ފެނިއްޖެ އެވެ.

އިނގިރޭސިވިލާތުގެ ހުޅަނގު ދެކުނުގައި އޮންނަ ސުރޭ ކައުންޓީން ދެ މިހަކު ސައުތު އެފްރިކާގެ ކޮވިޑް ވޭރިއަންޓަށް ޕޮޒިޓިވްވެފައިވާ ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ. އަދި މި މީހުންނަކީ އެއްވެސް ވަރަކަށް ޓްރެވަލް ހިސްޓްރީއެއް އަދި ޕޮޒިޓިވް ކޮންޓެކްޓެއް ނެތް ބައެއް ކަމަށް ވެސް އެ އޮފިޝަލުން ބުންޏެވެ.

އޮފިޝަލުން އިތުރަށް ބުނީ މި ސަރަހައްދުގައި ދިރިއުޅޭ އެންމެންގެ ކޮވިޑް ޓެސްޓް ސިމްޕްޓަމް ހުއްޓަސް ނުވަތަ ނެތަސް ކުރަމުންގެންދާނެ ކަމަށެވެ. ސޫރޭގެ ލޯކަލް ރިސިލިއެންޓް ފޯރަމް އިން ބުނީ ޕޮޒިޓިވް ކޭސްތައް ފެނުނު ސަރަހައްދުގެ މީހުން ޓެސްޓްކުރުން ކުރިއަށްދާނެ ކަމަށާއި އަދި ވީހާވެސް ގިނަބަޔަކު ޓެސްޓް ކުރުމުން ނޫނީ ރަނގަޅު މަންޒަރެއް ނުފެންނާނެ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

ޑައިރެކްޓަރު އޮފް ޕަބްލިކް ހެލްތް ސުރޭ ވިދާޅުވި ގޮތުގައި ގިނަ ބަޔަކު ޓެސްޓް ކުރުމަށް ނިންމާފައިވަނީ ރައްކާތެރިކަމުގެ ގޮތުން އެޅޭ ފިޔަވަޅެއްގެ ގޮތުގަ އެވެ. އަދި ޕޮޒިޓިވް ކޭސްތައް ގިނައިން ފެނުނު ވަރަކަށް ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްކުރެވޭނެ އެވެ.

އިނގިރޭސި ސަރުކާރުން މިއަހަރުގެ ޖަނަވަރީ މަހު ސައުތު އެފްރިކާ އަދި ބްރެޒީލުން ފެނުނު ކޮވިޑްގެ އައު ވޭރިއަންޓް ފެނުނު ކަމަށް ވަނީ ރިޕޯޓްކޮށްފަ އެވެ. ނަމަވެސް އެއީ ގައުމުން ބޭރަށް ދަތުރުކުރުމަށްފަހު ގައުމަށް އެނބުރި އައިސް ކަރަންޓީންގައި ހުރި މީހެކެވެ މިފަހަރު ސައުތު އެފްރިކާގެ ވޭރިއަންޓް ފެނުމުން އޮފިޝަލުންނަށް ވަނީ މި ވޭރިއަންޓް ގައުމަށް އެތެރެވީ ކިހިނެތްތޯ ބެލުމަށް މަސައްކަތް ފަށާފަ އެވެ. – ސްޓްރެޓް ޓައިމްސް