ޔޫރަޕުގެ އެންމެ ފޯރިގަދަ އަދި އެންމެ އަގުހުރި ފުޓުބޯޅަ މުބާރާތް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖް ނިންމާ މެޗުތައް ނުވަތަ ގަދަހިފުމާއި ހަމައަށް މިވަނީ އައިސްފަ އެވެ.
ކޮންމެ ޓީމަކަށް ވެސް 1 މެޗު ބާކީ އިން އިރު ގްރޫޕް ސްޓޭޖް ފަހަނައަޅާ ގަދަ 16 އަށް ދަތުރުކުރާ ޓީމުތަށް މިހަފްތާގައި އެނގޭނެ އެވެ. ޑިސެމްބަރު 12،13،14 ވަނަ ދުވަހު ކުޅެވޭ މި މެޗުތައް މީޑިއާނެޓު މެދުވެރިކޮށް ކަސްޓަމަރުންނަށް ވަގުތުން ބެލޭނެ އެވެ.
މިހާ ހިސާބުން ގްރޫޕްތަށް މިވަގުތު އޮތް ގޮތަށް އަލިއަޅުވާލާމާ ހިނގާށެވެ.
ގްރޫޕް އޭ
އެންމެ ފޯރިގަދަ އެއް ގްރޫޕްކަމުގައިވާ ގްރޫޕް އޭ ގައި 13 ޕޮއިންޓް ހޯދައިގެން ބަޔާން މިއުނިކް މިވަނީ ގަދަ 16 އަށް ކޮލިފައިވެފަ އެވެ. މަޝްހޫރު ކްލަބެއް ކަމުގައިވާ މެންޗެސްޓަރ ޔުނައިޓެޑް މިވަގުތު އޮތީ ގްރޫޕްގެ ފުލުގައި 4 ޕޮއިންޓާއި އެކު އެވެ. މެންޗެސްޓަރ ޔުނައިޓެޑަށް ގަދަ 16 ލިބެން އޮތީ ބަޔާން މިއުނިކާއެކު ކުޅޭ މެޗު ކާމިޔާބުކޮށް ގްރޫޕުގައި ދެންކުޅޭ މެޗުގައި ވާދަކުރާ ގަލަތާސަރާއި އަދި ކޮޕަންހޭގަންގެ ނަތީޖާ ނިކުންނަ ގޮތަކުން އެކަންޏެވެ. އެހެންކަމުން މި ގްރޫޕްގެ ފަހު މެޗުތައް ވަރަށް ވަރުގަދަ ވާނެ އެވެ.
ގްރޫޕް ބީ
ގްރޫޕް ބީ އިން އިނގިރޭސި ވިލާތުގެ އާރސެނަލް އަދި ނެދަލޭންޑްސްގެ ޕީ އެސް ވީ ވަނީ ގަދަ 16 ގެ ޖާގަ ކަށަވަރުކޮށްފަ އެވެ.
ގްރޫޕް ސީ
ޗެމްޕިއަންސް ލީގުގެ ރަސްކަންކުރާ ޓީމު ކަމުގައިވާ ރިއާލް މެޑްރިޑް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް މި ގްރޫޕް 1 ވަނަ ޓީމު ގޮތުގައިވަނީ ގަދަ 16 އަށް ދަތުރުކޮށްފައެވެ. ނަޕޯލީ އާއި ބްރާގާ ދެވަނަ ސްލޮޓަށް ވާދަކުރާއިރު މި މެޗުވެގެންދާނީ ފޯރިގަދަ މެޗަކަށެވެ. ބްރާގާ ގަދަ 16 އަށް ކޮލިފައި ވުމަށް ނަޕޯލީ އަތުން ރަނގަޅު ގޯލް ތަފާތަކުން މޮޅުވާންޖެހެ އެވެ. ނަޕޯލީއަށް އެއްވަރުކޮށްލައިގެންވެސް ދެން އޮތް ބުރަށް ދެވޭނެ އެވެ.
ގްރޫޕް ޑީ
ފަރަގު ބޮޑުކޮށް އިޓަލީގެ އިންޓަރ މިލާން އަދި ސްޕެއިންގެ ރިއާލް ސޮސިއެޑާޑްވަނީ މި ގްރޫޕުން ގަދަ 16 އަށް ދަތުރުކޮށްފައެވެ. މި ދެޓީމު ފަހު މެޗުގައި ބައްދަލުކުރާ މެޗުން ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ދަތުރުކުރާ ޓީމު އެނގިގެންދާނެއެވެ.
ގްރޫޕް އީ
ސްޕެއިންގެ އެޓްލެޓިކޯ މެޑްރިޑް އަދި އިޓަލީގެ ލާޒިއޯވަނީ ގަދަ 16ގެ ޖާގަ ޔަގީންކޮށްފައެވެ. މި ދެޓީމު ފަހު މެޗުގައި ވާދަކުރާނީ ގްރޫޕުގެ 1ވަނަ ޓީމު ގޮތުގައި ގަދަ16 އަށް ދިޔުމަށެވެ. މިވަގުތު 1 ޕޮއިންޓުގެ ފަރަގަކުން 1ވަނައިގައި އޮތީ އެޓްލެޓިކޯ މެޑްރިޑެވެ.
ގްރޫޕް އެފް
ޝައްކެތް ވެސް ނެތްގޮތުގައި މިފަހަރު ޗެމްޕިއަންސް ލީގުގެ ގްރޫޕް އޮފް ޑެތްއަކީ މި ގްރޫޕެވެ. ފުޓުބޯޅަ ދުނިޔެ ހައިރާންކޮށްލުމަށްފަހު ޖަރުމަނުގެ ޑޯރޓްމަންޑް އިންވަނީ މި ގްރޫޕުން ގަދަ16 ޔަގީންކޮށްފައެވެ. ވަރުގަދަ ޕީ އެސް ޖީ އަށް ޑޯޓްމަންޑް އަތުން މޮޅުވުން ނޫންގޮތެއް ނެތެވެ. ޕީ އެސް ޖީ ބަލިވެއްޖެ ނަމަ ނިއުކާސަލް އަދި އޭސީ މިލާން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެއް ގަދަ16 އަށް ދާނެއެވެ. މި ގްރޫޕް ފާހަގަކޮށްލެވެނީ ހުރިހާ ޓީމަކަށްވެސް ގަދަ16 ހޯދުމުގެ ފުރުސަތު އޮތް ގްރޫޕެއް ގޮތުގައެވެ.
ގްރޫޕް ޖީ
އެންމެ ފަހުގެ ޗެމްޕިއަން އަދި ފުޓުބޯޅައިގެ ގަދަ ބާރު މެންޗެސްޓަރ ސިޓީވަނީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ގަދަ16 ޔަގީންކޮށްފަ އެވެ. ސިޓީ އާއިއެކު ޖަރުމަނުގެ އާރްބީ ލެއިޕްޒެގް ވަނީ ގްރޫޕުގެ 2ވަނަ ޓީމުގޮތުގައި ގަދަ16 އަށް ދަތުރުކޮށްފަ އެވެ.
ގްރޫޕް އެޗް
ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު އެއްޓީމު ކަމުގައިވާ ބާސެލޯނާ ގްރޫޕުގެ 1ވަނައިގައި 12 ޕޮއިންޓާއެކުވަނީ ގަދަ16 އަށް ދަތުރުކޮށްފަ އެވެ. ދެޓީމު ވެސް 9 ޕޮއިންޓު ހޯދާފައިވާ ޕޯރޓޯ އަދި ޝަކްތާރ ޑޮނެސްކް ކުޅޭ މެޗުން މޮޅުވާ ޓީމެއް މި ގްރޫޕުގެ ދެވަނަ ޓީމުގޮތުގައި ގަދަ16 ޔަގީންކުރާނެ އެވެ.
ދުނިޔޭގެ އެންމެ ބޮޑު 04 ފުޓުބޯޅަ ލީގުގެ އިތުރުން ޗެމްޕިއަންސް ލީގުގެ މެޗުތަކަކީވެސް ދިވެހިން ގާތުންބަލާ މަގްބޫލު މުބާރާތެކެވެ. މި މުބާރާތުގެ މެޗުތައް މީޑިއާނެޓު މެދުވެރިކޮށް އަންނަނީ ދިވެހިންގެ ޓީވީ އަދި ފޯން ސްރީނާއި ހަމައަށް ވަގުތުން ގެނެސްދެމުންނެވެ. މީޑިއާނެޓުން އަންނަނީ މިވަގުތު އަންނަނީ "އަޕްގްރޭޑް އެންޑް ވިން" ގެ ނަމުގައި ޚާއްސަ ޕްރޮމޯޝަނެއްވެސް ކުރިއަށް ގެންދަމުންނެވެ. އެގޮތުން އަޕްގްރޭޑް ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ތިން ފަރާތަކަށް ޚާއްސަ އިނާމުތަކެއް ދިނުމަށްވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި އައިފޯން 15 ޕްރޯ، ޓީ ސީ އެލް 55 އިންޗި ޓީވީ އަދި ސެމްސަންގް ސައުންޑްބާރ ސިސްޓަމް ހިމެނެ އެވެ.
މީޑިއާނެޓު ޕެކޭޖަށް ސަބްސްކްރައިބް ކުރުމަށް މީޑިއާނެޓުގެ ކުއިކްޕޭ ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކޭނެ އެވެ.