ސްރީލަންކާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިލްމީ ދާއިރާގައި މަސައްކަތް ކުރާ އެކްޓަރު އަދި ނެށުންތެރިޔާ ޖާދުﷲ އިސްމާއީލަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.
މި އެކްސިޑެންޓް ހިނގީ އަންގާރަ ދުވަހު ލަންކާގަ އެވެ.
އެ ދުވަހު ޖާދުﷲ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭންވަނީ ފަށާފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއެކްސިޑެންޓްގައި ޖާދުﷲ ގެ އަތަށާއި ދެ ކޮނޑަށާއި ފަޔަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފަ އެވެ.
ޖާދުﷲ އަށް މި އެކްސިޑެންޓް ކުރިމަތިވީ ރާއްޖެ އައުމަށް ފުރަން އޮތް ދުވަހު އެވެ. ޖާދުﷲ ލަންކާއަށް ދިޔައީ ބޭސް ފަރުވާއަށެވެ.
މޯލްޑިވްސް ފިލްމު އެސޯސިއޭޝަންގެ ހިންގާ ކޮމެޓީގެ ހަޒާންދާރުކަން ކުރަމުން އަންނަ ޖާދުﷲ ވަނީ ކުރިއަށް އޮތް ދައުރަށްވެސް އިންތިހާބުވެފަ އެވެ.
މި ދުވަސްވަރު ކެއިންބުއިމުގައި ސަމާލުކަން ދޭންވީ ދެތިން ކަމެއް!
އީރާނުގެ ތެލުގެ 90 އިންސައްތަ ޗައިނާއިން ދަނީ ގަންނަމުން
"ބޫތު ބަންގްލާ": ހެއްވާ މަޖާ އަދި ބިރުވެރި މަސްހުނިގަނޑެއް!