އިއްތިހާދު އެއާވޭސްގެ ކަސްޓަމަރުންނަށް މޯލްޑިވިއަންގައި ރާއްޖޭގެ 16 މަންޒިލަކަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.
މޯލްޑިވިއަނުން ބުނީ މި އިންތިޒާމްތައް ހަމަޖެހިގެން ދިޔައީ އިއްތިހާދު އެއާވޭސާއެކު ސޮއިކުރި އިންޓަލައިން ޕާޓްނާޝިޕް އެއްބަސްވުމުގެ ދަށުންނެވެ. އެ އެއްބަސްވުމުގެ ދަށުން މާލެ ފިޔަވައި ފަތުރުވެރިންގެ މެދުގައި މަގްބޫލް ރާއްޖޭގެ 16 މަންޒިލަކަށް ދަތުރުކުރެވޭނެ ކަމަށް މޯލްޑިވިއަންއިން ބުނެ އެވެ. އެ ގޮތުން އެއް ޓިކެޓެއްގެ ދަށުން އަތޮޅުތެރޭގެ އެކި މަންޒިލްތަކަށް ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުން ވައިގެ މަގުން އިއްތިހާދުގެ ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ދަތުރު ކުރެވޭނެ އެވެ.
އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މޯލްޑިވިއަންގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ހަމްދާން މުޙައްމަދު ވިދާޅުވީ ގައުމީ އެއާލައިނުގެ ހިދުމަތްތައް ދުނިޔޭގެ އެކި ހިސާބުތަކަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އިއްތިހާދާއެކު އެއްބަސްވުމެއްގައި ސޮއިކުރުމުން ރާއްޖޭގެ 16 މަންޒިލަކަށް މޯލްޑިވިއަންގެ ފްލައިޓުތަކުގައި ފަސޭހަކަމާ އެކު ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށެވެ.
އެކުވެރި ޢަރަބި އިމާރާތް، ޔޫއޭއީގެ ޤައުމީ އެއާލައިން ކަމުގައިވާ އިއްތިހާދު އެއާވޭސުން މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ކުރާ ދަތުރުތައް ވަނީ އިތުރުކޮށްފަ އެވެ. އަދި އަންނަ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އިތުރު ހަތަރު ފްލައިޓް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެއާއެކު އަންނަ އަހަރު ފެށޭއިރު އެ އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތަކުގެ ޢަދަދު ހަފުތާއަކު 14 އަށް އިތުރުވާނެ އެވެ.
ކައިވެނި ކުރާނީ ކޮން އިރަކުންތޯ އެހުމުން ޝްރައްދާ ބުނީ ކީކޭ؟
75 އަހަރު ވަންދެން ވަޒީފާ އަދާކުރެވޭ ގާނޫނު ތަސްދީގު ކުރައްވައިފި
އިންސްޓަންޓް ނޫޑްލްސް: އަނގައަށް މީރުވިޔަސް ސިއްހަތަށް ނުރައްކާ!