އޮންލައިން ނޫސް "އަދަދު" ން ހުރަސްއެޅި ކަމަށް ވިދާޅުވެ، ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ބޭއްވުމަށް ހަމަޖެހިފައި އޮތް ނޫސްވެރިންގެ ބައްދަލުވުން ކެންސަލް ކުރައްވައިފި އެވެ.
މިއަދު ހަވީރު 4:00 ގައި ޕީއެސްއެމް ސްޓޫޑިއޯގައި ބޭއްވުމަށް ތާވަލުކުރި މި ނޫސްވެރިންގެ ބައްދަލުވުން ކެންސަލް ކުރެއްވިކަން ހާމަކުރައްވައި، ހަވީރު 4:30 އެހާކަންހާއިރު މުންދު ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، އެހެން ފަހަރުތަކެކޭ ވެސް އެއްފަދައިން މި ބައްދަލުވުމަށް މީޑިއާތަކަށް ދައުވަތު ދިނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ މީޑިއާ ގްރޫޕް މެދުވެރިކޮށް ކަމަށެވެ. ނަމަވެސް އެ ގްރޫޕުގައި "އަދަދު" ނޫސް ނުހިމެނޭ ކަމަށް މުންދު ފާހަގަކުރެއްވި އެވެ.
މުންދު ވިދާޅުވި ގޮތުގައި މީގެ ދެތިން މަސް ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި "އަދަދު" ނޫހުން ޣައިރު ޤާނޫނީ އަމަލުތަކެއް ހިންގުމާ ގުޅިގެންނާއި، އެ ނޫހާ ގުޅޭ ޖިނާއީ މައްސަލަތަކެއް ބަލަމުންދާތީ، އެ މައްސަލަތައް ވަކި ގޮތަކަށް ނިމެންދެން އެ ނޫސް ވަނީ ރަސްމީ މީޑިއާ ގްރޫޕުން އުނިކޮށްފަ އެވެ. އެހެންކަމުން، ފާއިތުވި މުއްދަތުގައި ރައީސް އޮފީހުން އިންތިޒާމުކުރި އެއްވެސް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ނޫހުގެ ނޫސްވެރިން ބައިވެރިކޮށްފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަދަދު" ނޫހުން ބުނީ ނިއުސްކޮންފަރެންސަށް ލީވާން ދިއުމުން ނެރެލީ އެ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައިވާ ނޫސްވެރިންގެ ލިސްޓުގައި އޭނާގެ ނަން ނެތް ކަމަށް ބުނެ ކަމަށެވެ. ނަމަވެސް، ލީވާން އެ ނޫސްވެރިންގެ ބައްދަލުވުމަށް ދިޔައީ އޮންނަ އުސޫލުގެ މަތިން ރައީސް އޮފީހަށް ނަން ފޮނުވައިގެން ކަމަށް އަދަދުން ބުންޏެވެ.
މުންދު ވިދާޅުވީ މި ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ކަމަށް ބުނެ "އަދަދު" ނޫހުގެ ނޫސްވެރިޔާ ލީވާންގެ ނަން ޖަހައި މެސެޖެއް ފޮނުވި ކަމަށެވެ. އެހެންނަމަވެސް، ރައީސް އޮފީހުން އެ އެދުމަށް އެއްވެސް ޖަވާބެއް ނުވަތަ އެކްނޮލެޖްމަންޓެއް ދީފައި ނުވާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މީގެއިތުރުން، "އަދަދު" ނޫހަކީ މީޑިއާގެ ނިވާފަތްގަނޑުގައި ތިބެ ޣައިރު ޤާނޫނީ ކަންކަމާއި ޑްރާމާ ކުޅުމުގައި އުޅޭ ބައެއްގެ ގޮތުގައި މުންދު ވަނީ ސިފަކުރައްވާފަ އެވެ. މިއަދުގެ ޕްރެސް ކޮންފަރެންސަށް ހުރަސްއެޅުމަށްޓަކައި އެ ނޫހުން އިތުރު "ޑްރާމާއެއް" ކުޅެފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އަދަދުގެ ނޫސްވެރިންނަށް ޕްރެސްތަކަށް ނުވަދެވޭ ގޮތަށް ރައީސް އޮފީހުން ފިޔަވަޅު އެޅީ މެއި 11، ގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދަދުގެ ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެންނެވެ.
އެ ސުވާލުކުރި ހިސާބުން ރައީސް މުއިއްޒު ވަނީ އެއީ "އަދަދު" ނޫހުން ނެރުނު "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ނެރެފައިވާ ގެގް އޯޑަރާ ހިލާފު އަމަލެއް ކަމަށް ނިންމަވައި، އެ ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން އެ ބައްދަލުވުމުން ބޭރުކޮށްލާފަ އެވެ.
ސަރުކާރުން އަނެއްކާވެސް ދަރަންޏަށް 645 މިލިއަން ރުފިޔާ ނަގަނީ
ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ބިދޭސީއަކު ހައްޔަރުކޮށްފި
އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކެއް
ޝަހުޒާން 15 ދުވަހަށް، ލީވާން 10 ދުވަހަށް ޖަލަށް
ސުވާލެއް ކުރުމުން ޝަހުޒާން ރައީސް އޮފީހުން ނެރެލައިފި