ކާއިފު ގަޑީގައި މީޑީއާ ކާޑު ހިފައިގެން ބޭރުގައި އުޅޭ ޖާނަލިސްޓުން، ފުލުހުން ޖޫރިމަނާކުރި މައްސްލައެއް ފެންމަތިވެއްޖެ އެވެ.

އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގަވާއިދުގެ ދަށުން، މީޑިއާ ކާޑު ދެއްކުމަށްފަހު ކަފިއު ގަޑީގައި ޑިއުޓީ ނިންމާފައި ގެއަށް ދިއުމުގެ ފުރުސަތުވަނީ ނޫސްވެރިންނަށް ދީފަ އެވެ. ނަމަވެސް އެޗްޕީއޭއިން ކަނޑައަޅާފައިވާ ގަވާދާއި ހިލާފަށް މިހާރު ފުލުންދަނީ، ކާފިއު ގަޑީގައި ބޭރުގައި އުޅޭ ނޫސްވެރިން ޖޫރިމަނާ ކުރަމުންނެވެ.

"ޑިއުޓީގައި އުޅޭ ފުލުހުން އެކި ސްޓޮޕްތަކުން މައުލޫމާތުދީ، އަމަލުކުރަނީ އެކޮގޮތަށް. 11:30ގެ ފަހުން މިޑީއާ ކާޑު އޮތަސް ޖޫރިމަނާކުރަނީ. މީ ވަރަށް ދެރަ ކަންކަން،" ފުލުހުންގެ މީޑިއާ ގްރޫޕަށާއި އެޗްއީއޯސީގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި މީޑިއާ ކައުންސިލްގެ ރައީސް، ޝަހުބާން ފަހުމީ ވިދާޅުވި އެވެ.

މިކަމާ ގުޅިގެން އެޗްޕީއޭ އަދި ފުލުހުން އެކައްޗެއް ކިޔައި، ނޫސްވެރިންނަށް ދަތިނުވާނެހެން އެންމެން އެއްގޮތަކަށް މައުލޫމާތު ދިނުމަށް ފުލުހުންގެ ކިބައިން ޝަހުބާން ވަނީ އެދިވަޑައިގެންފަ އެވެ.

މިމައްސަލައާ ގުޅިގެން ފުލުހުންގެ ސްޕޯކްްސް ޕާސަން ޔޫނުސް ސޮބާހް ވަނީ ކާފިއު ގަޑީގައި ބޭރުގައި އުޅެގެން ނޫސްވެރިއަކު ޖޫރިމަނާކޮށްފައިވާ ނަމަ ޕޮލިސް މީޑިއާއަށް އެކަން އަންގައިދިނުމަށް އެދިވަޑައިގެންފަ އެވެ.

ރާއްޖޭގައި ކޮވިޑްގެ ކޭސްތައް އިތުރުވެ، އަނެއްކާވެސް މިވަނީ ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް ކާފިއު އިއުލާންކޮށްފަ އެވެ. އަދި އެއްގަމު އުޅަނދުފަހަރު ދުއްވުން ރޭގަނދު 08:30 ން ފަތިހު 04:30އަށް ވަނީ މަނާކޮށްފަ އެވެ.