ތުރުކީވިލާތުން ރާއްޖެ އަށް ދޭ ސްކޮލާޝިޕްގެ 30 ފުރުސަށް ކުރިމަތިލާން ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވަނީ "ޓާކްސް އެބްރޯޑް އެންޑް ރިލޭޓެޑް ކޮމިއުނިޓީސް"ގެ ރައީސް، އަބްދުالله އެރެންއާ ބައްދަކު ކުރައްވައިފަ އެވެ.

ސްކޮލަޝިޕް އިތުރު ކުރަން ނިންމީ އެ ބައްދަލުވުމުގަ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްކޮލާޝިޕްތައް ދީފައި ވަނީ ޓްރޭނިން ނީޑްސް ލިސްޓްގައިވާ އެކިއެކި ދާއިރާތަކުން 15 ބެޗްލާސް ޑިގްރީ އާއި 10 މާސްޓާސް ޑިގްރީގެ އިތުރުން ފަސް ޑޮކްޓޯރަލް ޑިގްރީން ކަމަށެވެ.

އެ ސްކޮލާޝިޕްގައި ޓިއުޝަން ފީ އާއި މެޑިކަލް އިންޝުއަރެންސް އާއި ދެކޮޅު ޓިކެޓާއި އެކޮމޮޑޭޝަން އަދި ސްޓައިޕެންޑް ހަމަޖައްސާނީ ކޯސް އިންތިޒާމް ކުރާ ފަރާތުން ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

އަދި ފައިނަލް ސިލެކްޝަން ހަދާނީ ވެސް ކޯސް އިންތިޒާމް ކުރާ ފަރާތުން ކަމަށާއި އެއިން ލިބޭ ހަރަދުތަކާއި އެހެނިހެން މައުލޫމާތު މިނިސްޓްރީގެ އިއުލާނާއި ވެބްސައިޓާއި ތުރުކީގެ ވެބްސައިޓުގައި ހިމަނާފައިވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެ ސްކޮލާޝިޕްތަކަށް އެދޭނީ "މައިއެޑިޔު" ޕޯޓަލް (https://myedu.egov.mv/) މެދުވެރިކޮށެވެ.

އަންނަ މަހުގެ ހަތްވަނަ ދުވަހުގެ 1:30އާ ހަމައަށް އެޕްލިކޭޝަން ހުށަހެޅޭނެ އެވެ.