އެކި މީހުންނަށް ކުރިމަތިވަނީ އިސްތަށިގަނޑުގެ އެކި މައްސަލަތަކެވެ. އެއްބަޔަކު އިސްތަށި ފައިބާތީ އުޅޭއިރު އަނެއް ބަޔަކު އިސްތަށިގަނޑު މާބޮޑަށް ހިކޭތީ އުޅެ އެވެ. މި ލިޔުމުގައި މި ބަލާލަނީ މިފަދަ ތަފާތު މައްސަލަތަކަށް ބޭނުން ކުރެވިދާނެ ތަފާތު ހެއާ މާސްކު ތަކަކަށެވެ.

އިސްތަށި ފޭބުން

ބޭނުންވާ ތަކެތި

  • 1 މޭޒުމަތީ ސަމްސާ ކާށި ތެޔޮ
  • 1 ސަމްސާ މާއުއި

ހަދާނެ ގޮތް

ފުރަތަމަ ބޯތައްޓެއްގއި މާމުއި އާއި ކާށިތެޔޮ އެއްކޮށްލާށެވެ. ދެން ކުޑަ ތެއްޔެއްގައި ރަނގަޅަށް އެއްވެ ދިޔައިވަންދެން ހޫނު ކޮށްލާށެވެ. ބޮލުގައި ނިއްކުރިން ފެށިގެން މި މާކްސް އުނގުޅުމަށްފަހު ޝަވަ ކެޕަކުން ބޯ ކަވަރުކޮށްލާށެވެ. 20 އާއ 15 މިނެޓުވަން ދެން މަޑުކުރުމަށްފަހު އިސްތަށިގަނޑު ދޮވެލާށެވެ.

އިސްތަށިގަނޑު ދިގު ނުވުން

ބޭނުންވާ ތަކެތި

  • 1 މޭޒުމަތީ ސަމްސާ ކާށި ތެޔޮ
  • 1ސައިސަމުސާ ފޮނިތޮށި

ތައްޔާރު ކުރާނެ ގޮތް

ފޮނިތޮއްޓާއި ކާށިތެޔޮ ރަނގަޅަށް އެއްކޮށްލާށެވެ.ބޮލުގެ މެދުން މަގު ފެޅުމަށްފަހު ރަނގަޅަށް މި މިކްސް އުނގުޅާލާށެވެ. އެއަށްފަހު އިނގިލިތަކުގެ ކުރިން ބޮލުގެ އެތޭރޭގައި ރަނގަޅަށް މި މިކްސް އުނގުޅާ މަސާޖްކޮށްލާށެވެ. ދެން ބޯ މައްޗަށް އައްސާލާ ޝަވާ ކެޕަކުން ބޯ ފޮރުވާށެވެ. މި ގޮތަށް 30-45 މިނެޓުވަންދެން މަޑުކޮށްލާ ދެން އާއްމުކޮށް ބޭނުންކުރާ ޝޭމްޕޫ އަދި ކޮންޑިޝަނާ ލައިގެން ދޮވެލާށެވެ.

އިސްތަށިގަނޑު ކިފުޅިވުން

ބޭނުންވާ ތަކެތި

  • 1 ދޮންކެޔޮ ވައް2 ސަމްސާ ޔޯގަޓް
  • 1 ސަމްސާ މާމުއި

ތައްޔާރު ކުރާނެ ގޮތް

ހުރިހާ އެއްޗެއް އެއްކޮށް ބްލެންޑަރަށް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. ތެތްކޮށް ހުންނަ އިސްތަށިގަނޑުގައި ނިއްކުރިން ފެށިގެން އެންމެ ތިރިޔާ ޖެހެންދެން ހާކާލާށެވެ. އިސްތަށިގަނޑު އެއްސުމަށްފަހު ޝަވާ ކެޕަކުން ކަވަރުކޮށްލާށެވެ. މިގޮތަށް މާސްކް 30-45 މިނެޓު ވަންދެން ބަހައްޓާށެވެ. އެއަށްފަހު އާއްމުކޮށް ބޭނުންކުރާ ޝޭމްޕޫ އަދި ކޮންޑިޝަނާ އިން ދޮވެލާށެވެ.