ހަތަރު މީހަކު ޕޮޒިޓިވްވެ އައްޑޫ ސިޓީ ހުޅުމީދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
ހުޅުމީދޫ މޮނިޓަރިންގެ ހާލަތަށް ގެނައީ މަސައްކަތަކަށް ގޮސް ކަރަންޓީނުވެގެން ތިއްބާ މިދިޔަ ހަފްތާގައި ޕޮޒިޓިވްވި ދެ ބިދޭސީއަކާ ކޮންޓެކްޓުވި ހަތަރު ބިދޭސީއަކު މިއަދު ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ.
ޕޮޒިޓިވްވި މީހުން ކަރަންޓީނުވެގެން ތިބީ އެ މީހުން މަސައްކަތް ކުރާ ސައިޓުގަ އެވެ.
އެޗްޕީއޭގެ އޮފިޝަލަކު ވިދާޅުވީ އެ ސައިޓްގައި ޖުމްލަ 60 މީހުން އެބަ ތިބި ކަމަށެވެ.
ހުޅުމީދޫގެ އިތުރުން މިހާރު މޮނިޓަރިންގެ ހާލަތުގައި ވަނީ ގއ. ދާންދޫ. ގދ. ގދ. ތިނަދޫ، އއ. ތޮއްޑޫ، މ. ކޮޅުފުށި އަދި ހއ. މުރައިދޫ އެވެ.
މަސައްކަތް ކުރާނީ ސޯލިހާ ގުޅިގެން: ނަޝީދު
ދެކުނު އެފްރިކާ ބަލިކޮށް މެކްސިކޯއަށް ރަނގަޅު ފެށުމެއް
36 އަހަރުގައި ޓޭލާ ސޯންގްރައިޓާސް ހޯލް އޮފް ފޭމްއަށް!
