ބޮލީވުޑްގެ އަލިގަދަ ތަރި އަމީތާބް ބައްޗަން ސޯޝަލް މީޑިއާގައި އާންމުކުރި މަޖާ ޕޯސްޓަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.

ގިނަ ބައެއްގެ ލޯބި ހޯދާފައިވާ އެކްޓަރު އަމީތާބް އޭނާގެ އިންސްޓަގްރާމްގައި ވަނީ މޫދަ ފަތަން ގިސް އުޅެނިކޮށް ނަގާފައިވާ ފޮޓޯއެއް ހިއްސާ ކޮށްފަ އެވެ. އަދި އެފޮޓޯއާއެކު ގައިޑަކާ އެކު ދެކެވުނު ވާހަކަ ކޮޅެއްވެސް ވަނީ ހިއްސާކޮށްފަ އެވެ.

އެގޮތުން އަމީތާބް ގައިޑަށް ގޮވާފައި އަހަނީ އެމެރިކާ އޮތީ އަދި ކިހާ ދުރުމިނެއްގައިތޯ އެވެ. ޖަވާބުގައި ގައިޑް ބުނީ އަނގަ މައިތިރިކޮށްގެން ފެތުމަށެވެ.

އުމުރުން 81 އަހަރުގެ އެކްޓަރު މިޕޯސްޓް ކުރިތާ ކުޑަ ވަގުތު ކޮޅެއް ތެރޭގައި ގިނަ ބަޔަކު ވަނީ ލައިކްދީފަ އެވެ. އަދި އަމީތާބަށް ތައުރީފުކޮށް ވާހަކަ ދައްކާފަ އެވެ.

މި ޕޯސްޓަށް 248500 އަށް ވުރެ ގިނަ ލައިކްސް ލިބިފައިވާ އިރު، އެކި މީހުން މަޖާ ކޮމެންޓްތައް ވެސްކޮށްފައިވެ އެވެ.

އަމީތާބް އެންމެ ފަހުން ފެނިފައިވަނީ ޓައިގާ ޝްރޮފް އާއި ކްރިތީ އާއެކު "ގަނަޕަތު" އެވެ. އަދި އަމީތާބް ހުށައަޅައިދޭ މަޝްހޫރު ރިއަލިޓީ ގޭމް ޝޯ " ކޯން ބަނޭގާ ކްރޯޑްޕަތީ " ހުށައަޅައިދިނުން ހުއްޓާލާ ވާހަކަ އިއުލާނުކޮށްފަ އެވެ.