ޓީވީ ޑްރާމާތަކުން އާންމުންގެ މަގުބޫލުކަން ހޯދި ނަކުލް މެހެތާ އާއި އޭނާގެ އަންހެނުން އަދި ލަވަކިޔުންތެރިޔާ ޖާންކީ ޕަރޭކްއަށް ފިރިހެން ދަރިއެއް ލިބިއްޖެ އެވެ.

ޖާންކީ ވިހެއީ މި މަހުގެ ތިން ވަނަ ދުވަހު އެވެ. އެ ދެމަފިރިން އަލަތު ދަރިފުޅަށް މަރުހަބާ ކީކަން ނަކުލް ވަނީ އިންސްޓަގްރާމް މެދުވެރިކޮށް އޭނާގެ ފޭނުންނާ ހިއްސާކޮށްފަ އެވެ.

މި އުފާވެރި ހަބަރާއެކު ނަކުލް ވަނީ ޖާންކީ އާއި ބޭބީގެ އަތުގެ ފޮޓޯއެއް ވެސް ހިއްސާކޮށްފަ އެވެ.

ނަކުލް އާއި ޖާންކީ ކައިވެނިކޮށްފައިވަނީ 2012 ވަނަ އަހަރުގަ އެވެ. ޖާންކީ ބަނޑުބޮޑުކަން ހާމަކޮށްފައިވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓާއެކު އެ ދެމަފިރިންގެ ހަޔާތް ދައްކުވައިދޭ ފޮޓޯތަކާއެކު ވީޑިއޯއެއް ހިމަނާފައިވެ އެވެ.

ނަކުލް މެހެތާ މަޝްހޫރުވެފައިވަނީ ސްޓާ ޕްލަސް އިން ދެއްކި "އިޝްގްބާޒް" ޑްރާމާ އިންނެވެ. މީގެ އިތުރުން "ދިލް ބޯލޭ އޮބަރޯއީ" ގައި ވެސް އޭނާ ފެނިގެންދިޔަ އެވެ.

ނަކުލް އެންމެ ފުރަތަމަ ފެނިގެން ދިޔައީ އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ޑްރާމާއެއް ކަމަށްވާ "ޕްޔާރްކާ ދަރްދް ހޭ، މީޓާ މީޓާ ޕްޔާރާ ޕްޔާރާ" އިންނެވެ.