މި ހިނގާ 2021 ވަނަ އަހަރަކީ ބޮލީވުޑްގެ ބަތަލާ އާލިޔާ ބަޓް އަށް ބިޒީ އަހަރެކެވެ. ޕްރޮޖެކްޓަކަށް ފަހު ޕްރޮޖެކްޓެއްގެ މަސައްކަތް އޮތް ނަމަވެސް ޕްރޮފެޝަނަލް ދިރިއުޅުމާއި ޕާސަނަލް ދިރިއުޅުން ވަކި ކުރަން އޭނާ އަށް އެނގެ އެވެ.

ދާދި ފަހުން އާލިއާ ވަނީ ހައިދްރަބާދްގައި "އާރްއާރްއާރް"'ގެ ޝޫޓިން ނިންމާލާފަ އެވެ. އަދި ސަންޖޭ ލީލާ ބަންސާލީގެ "ގަންގޫބާއީ ކަތިއާވަޑީ" އާ ގުޅޭ މުހިއްމު ބައްދަލުވުންތަކެއް ވެސް ވަނީ ނިންމާލާފަ އެވެ.

މީގެ އިތުރުން ވެސް ބްރޭންޑް އިސްތިހާރުތައް ޝޫޓްކޮށް ނިންމުމަށް ފަހު މިހާރު އާލިޔާ ވަނީ އޭނާގެ އަންހެން ރައްޓެހިން ކަމަށްވާ އަކާންޝާ ރާންޖަން އާއި އަނުޝްކާ ރަންޖަން ކަޕޫރާއެކު ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފަ އެވެ. އަނުޝްކާ، އަކާންޝާ އަދި އާލިއާ ވެސް ދަނީ މި ޗުއްޓީގެ ހިތްގައިމު ފޮޓޯތައް އިންސްޓަގްރާމްގައި ހިއްސާކުރަމުންނެވެ.

އާލިޔާ އާއި އޭނާގެ ރައްޓެހިން ރާއްޖޭގައި.
އާލިޔާ ބަޓް ރާއްޖޭގެ ގޮނޑުދޮށުގައި ނަގާފައިވާ ފޮޓޯއެއް/އިންސްޓަގްރާމް

އާލިއާ އާއި އޭނާގެ ރައްޓެހިން ޗުއްޓީ ހޭދަކުރަމުން ދަނީ ރާއްޖޭގެ އެންމެ އަގުބޮޑު ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ޝެވަލް ބްލޮންކް ރަންދެލި ރިސޯޓްގަ އެވެ.