ސޯހާ އަލީ ހާން އާއި ކުނާލް ކޭމޫއަކީ ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވްކޮށް އުޅޭ ދެމަފިރިންނެވެ. އެގޮތުން ދޭތެރެ ދޭތެރެއިން އެ މީހުންގެ ދިރިއުޅުމާ ބެހޭ އެކި އެކި ކަންކަމާއި، ދަރިފުޅު އިނާޔާ ނައޯމީ ކޭމޫ އާއެކުގައި ހޭދަކުރާ ވަގުތުތަކުގެ ފޮޓޯތައް ވެސް ހިއްސާކުރެ އެވެ.
ދާދި ފަހުން ސޯހާ ވަނީ ކުނާލްގެ ކެއްކުމުގެ ހުނަރާ ގުޅޭ ގޮތުން ވާހަކަ ދައްކާފަ އެވެ.
ސޯނާ ބުނިގޮތުގައި އޭނާ އަކީ އެއްވެސް ވަރަކަށް ކައްކަން އެނގޭ މީހެއް ނޫނެވެ. ނަމަވެސް ކުނާލްއަކީ ވަރަށް މޮޅު ކައްކާއެއް ކަމަށެވެ.
"އަހަންނަކީ ނަސީބުވެރިއެއް. ކުނާލް ވަރަށް ގިނައިން ކައްކާނެ. ކެއުމަކީ ވެސް އޭނަ ވަރަށް ކުރާހިތްވާ ކަމެއް. ކުނާލް އަބަދުވެސް އިނާޔާ އަށް ސިއްހަތަށް ރަނގަޅު ކާނާ ދޭން މަސައްކަތް ކުރޭ. އެގޮތުން މަސާލާ ނާޅާ ޖަޕަނީސް އޮމްލެޓާއި ސްވީޓް ޕުލާއޯ ފަދަ ތަކެތި ހަދާނެ،" ސޯހާ ބުންޏެވެ.
އައިޝްވާރްޔާއާ ދިމާއަށް "ޕްލާސްޓިކް"އޭ ބުނުމުން ވީ ކިހިނެއް؟
އިންތިހާބާ ދިމާކޮށް ސަރުކާރުން ބޮޑެތި ޖަރީމާތައް ހިންގަނީ
އެމްޑީޕީގެ "އަފިރިންގެ އައްޑޫ" މެނިފެސްޓޯ ލޯންޗްކޮށްފި
