ކަލާސް އިން ކޮންމެ އަހަރަކު ގެނެސްދޭ މަޝްހޫރު ރިއަލިޓީ ޝޯ ބިގްބޮސް ސީޒަން 17 މުނައްވަރު ފާރޫގީ ކާމިޔާބުކޮށްފި އެވެ.

ސްޓޭންޑް-އަޕް ކޮމީޑިއަނެއް ގޮތުގައި މަގުބޫލުކަން ހޯދާފައިވާ މުނައްވަރު ކާމިޔާބު ހޯދީ މުޅި ސީޒަންގައި ވެސް އޭނާއާ އެންމެ ގާތް ގުޅުމެއް ބޭއްވި ޓީވީ އެކްޓަރު އަބީޝެކް ކުމާރާއެކު ފައިނަލްގައި ވާދަ ކޮށްގެންނެވެ. މުނައްވަރު އާއި އަބީޝެކް ފައިނަލިސްޓުންގެ ގޮތުގައި ހިމެނުނު އިރު، ޓޮޕް ފައިވްގައި ހިމެނުނީ ޕްރިޔަންކާ އާއި ޕަރިނީތީ ޗޯޕްޅާގެ އާއިލާ އަށް ނިސްބަތްވާ ބަތަލާ މަނާރާ ޗޯޕްޅާ އާއި ޓީވީ ބަތަލާ އަންކިތާ ލޯކަންޑޭ އަދި ސޯޝަލް މީޑިއާ އިން އާންމުންގެ ސަމާލުކަން ހޯދީ އަރޫން ސްރީކާންތެވެ.

އުމުރުން 32 އަހަރުގެ މުނައްވަރު މީގެ ކުރިންވެސް ވަނީ ރިއަލިޓީ ޝޯއެއް ކާމިޔާބު ކޮށްފަ އެވެ. އެއީ ވެބް ޝޯއެއްގެ ގޮތުގައި ގެނެސްދިން 2022 ގެ "ލޮކް އަޕް" ގެ ފުރަތަމަ ސީޒަނެވެ. އެ ޝޯ އަކީ އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށް، އޭނަގެ ސްޓްރީމިން ޕްލެޓްފޯމް، އޯލްޓް ބާލާޖީ އަށް ބަތަލާ ކަންގަނާ ރަނާވަތު ހޯސްޓްކުރި ޝޯއެކެވެ.

"ބިގް ބޮސް 17" ނިންމައިލި އިރު، ޖުމްލަ 20 ބައިވެރިންނާ އެކީ މި ޝޯ ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު 15 ގަ އެވެ.

ފިލްމީ ތަރި ސަލްމާން ޚާން ހޯސްޓުކުރާ މި ޝޯ އަކީ، ފަރަންސޭސި ވިލާތުގެ ޝޯ އެއް ކަމަށްވާ "ބިގް ބަރަދާ" ގެ ކޮންސެޕްޓަށް ބިނާކޮށް ހަދާފައިވާ ރިއާލިޓީ ޝޯ އެކެވެ. މިއަހަރުގެ ފިނާލޭ ނިންމާލާފައިވަނީ ފޯރިގަދަ ހުށަހެޅުންތަކުންނެވެ.