ދިރާގަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 894.6 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މިއީ 2022 ވަނަ އަހަރާ އަހަރާ ބަލާއިރު 12.8 މިލިއަނެއްހާ ރުފިޔާ މަދު އަދަދެކެވެ. 2022 ވަނަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 909.2 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނީގެ މިދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ބަހުރެއިންގެ ބަޓެލްކޯ އާއި ދިވެހި ސަރުކާރުގެ ބޮޑު ހިއްސާއެއް އޮންނަ ކުންފުންޏަށް މިދިޔަ އަހަރު މޮބައިލް ފޯނުގެ ހިދުމަތުން އާމްދަނީގެ ގޮތުގައި 340.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
2023 ވަނަ އަހަރު ދިރާގުގެ މާލީ އުސް އަލިތައް
- އާމްދަނީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ
- ހިންގުމުގެ ހަރަދުތައް އުނިކުރުމުން ފައިދާގެ ގޮތުގައި 1.1 ބިލިއަން ރުފިޔާގެ ފައިދާ
- ޓެކްސްގެ ގޮތުގައި 156.4 މިލިއަން ރުފިޔާ ދައުލަތަށް
- ހިއްސާއަކަށް 11.80ރ. ޖެހިފައިވޭ