އިސާނުން އެކަކު އަނެކަކު އަލިފާނުން ސަލާމަތް ކުރާފަދައިން ބުޅާ ވެސް އެ މަސައްކަތް ކުރާތަން ފެނި އެމެރިކާގެ ބަޔަކަށް ވަރަށް ބޮޑު ހައިރާން ކަމެއް ލިބިއްޖެ އެވެ.
އެއީ ރޯވެފައިވާ ބިލްޑިންއަކުން ކުދި ބުޅާތަކެއް ސަލާމަތް ކުރުމަށް ބޮޑު ބުޅަލެއް ކުރި މަސައްކަތެވެ.
އެ ބިލްޑިންގްގައި ރޯވިއިރު ބުޅާތަށް އުޅެމުން އައީ އެބިލްޑިންގައި ބޭނުންނުކޮށް އޮންނަ ބާ ގަރާޖެއްގަ އެވެ.
އެ މީހުން ބުނާގޮތުގައި ސްކާލަޓްގެ ނަމުން ނަންދީފައިވާ ބުޅާ ރޯވެފައިވާ އެ ބިލްޑިންއަށް ވަދެ، އޭތީގެ ފަސް ދަރިން ސަލާމަތް ކުރީ ފަސް ފަހަރު މަތިން އެ ރޯވެފައިވާ އިމާރާތަށް ވަދެގެންނެވެ.
އެ ރެސްކިއުގައި މަންމަ ބުޅާގެ ހަށިގަނޑަށް އެކިވަރުގެ ހާނިކަވެފައިވެ އެވެ. ނަމަވެސް އަލިފާނުގެ ހޫނަކަށް ބެލުމެއް ނެތި އޭތީގެ އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން އޭތީގެ ދަރިން ސަލާމަތް ކުރީ އޭތީގެ މައިވަންތަކަމުގެ ލޯބީގެ ސަބުންނެވެ.