ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގެ މަރުހަލާ އަވަސް އަރުވާލައިގެން ނިންމޭ ގޮތަށް ފަނޑިޔާރުން އައްޔަން ކުރުމުގެ ގަވާއިދު ބަދަލުކޮށްފި އެވެ.
ފަނޑިޔާރުން އައްޔަން ކުރުމުގައި އަމަލުކުރާ ގަވާއިދު ކުރިން އޮތްގޮތުން ކޯޓުތަކަށް ފަނޑިޔާރުން ހޯދުމުގައި އެ މަގާމަށް ކުރިމަތިލާން މަދުވެގެން ރަސްމީ ހަތް ދުވަހުގެ މުއްދަތެއް ދޭން ޖެހޭނެ އެވެ.
އެ ގަވާއިދަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިދިޔަ ހަފުތާގައި ގެނައި އިސްލާހުގައިވަނީ ސުޕްރީމް ކޯޓަށް ފަނޑިޔާރުން ހޯދަން އިއުލާން ކުރާއިރު އެ މަގާމަށް ކުރިމަތިލާން ހަތް ދުވަހުގެ މުއްދަތެއް ދޭން ނުޖެހޭނެ ކަމަށެވެ.
އެ ބަދަލު ގެނައި ސަބަބެއް ސާފުނުވި ނަމަވެސް އެގޮތަށް ހަމަޖެއްސީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ރިޓަޔާވުމަށް ހުށަހަޅާފައި ވަނިކޮށެވެ. އެގޮތުން އެ ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަންނަ އަހަރުގެ ކުރީކޮޅުން ފެށިގެން ފަނޑިޔާރުކަމުން ރިޓަޔާވުމަށް އެދި އޮތީ ހުށަހަޅައިފަ އެވެ.
ފަނޑިޔާރު އަލީ ރަޝީދު ރިޓަޔާވުމުން އެ މަގާމު ހުސްވާނެ އެވެ.
ދިވެހިރާއްޖޭގެ އަޑުގެ ހިދުމަތް މެދުކެނޑިއްޖެ
