ޗައިނާއަށް ޖާސޫސް ކޮށްދޭ ކަމަށްހީކޮށް 8 މަސްވަންދެން އިންޑިއާގެ ފުލުހުންގެ ބެލުމުގެ ދަށުގައި ކޮތަރެއް ބަންދުކޮށްފައި ބެހެެއްޓުމަށްފަހު ދޫކޮށްލައިފި އެވެ.

އިންޑިއާގެ ފުލުހުން މިކޮތަރު ހިފީ މުމްބާއީގެ ބަދަރެއްގެ ކައިރިންނެވެ. އޭރު އޭތީގެ ފައިގައި ޗައިނާ ބަހުން ލިޔެފައިވާ ނޯޓެއް ހަރުކޮށްފައިވެ އެވެ. ވަގުތުން އެކޮތަރު އިތުރު ތަހުލީލުތަށް ހެދުމަށް ޖަނަވާރުންގެ ހޮސްފިޓަލަކަށް ފޮނުވުނެވެ. ނަމަވެސް ފަހުން އެނގުނު ގޮތުގައި އެ ކޮތަރަކީ ތައިވާނަށް ނިސްބަތްވާ އެރަށުގެ އަހުލުވެރިން ކުޅިވަރެއްގައި ބޭނުންކުރާ ކޮތަރެއް ކަމެވެ.

ޖާސޫސްކޮށްދިން ކަމަށް ބުނާ ކޮތަރު

އެކޮތަރު އިންޑިއާ އަށް އައީ ފިލައިގެންނެވެ. މީގެ ކުރިން ވެސް އެކި ފަހަރު މަތިން އެކި ދުވަސްވަރު އިންޑިއާއަށް ނުރައްކާތެރި ކަމަށް ބެލެވޭ ދޫނިތަށް ވަނީ އެރަށު ސިފައިން ހިފައިފަ އެވެ. އެގޮތުން 2016ގައި ހިފުނު ކޮތަރެއްގެ ފައިގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ނިސްބަތް ކޮށް އިންޒާރުގެ މެސެޖެއް ހަރުކޮށްފައިވެ އެވެ.

އޭގެ ފަހުން ޕާކިސްތާން ބޯޑަރު ހުރަސްކޮށް ވެސް ކޮތަރެއް އައިސްފައިވެ އެވެ. ނަމަވެސް އެކޮތަރަކީ ނުރައްކާތެރި ކޮތަރެއް ކަމަށް ނުވުމުން ފަހުން ވަނީ ދޫކޮށްލެވިފަ އެވެ.