ހުޅުމާލެ ރުއްގަނޑު 1 ސަރަޙައްދުގައި ހުންނަ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގައި 5 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެ އެވެ.

މި ހާދިސާ ހިނގުމާއެކު އެ ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

އަނިޔާވި 5 މީހުންގެ ތެރެއިން 4 މީހަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.