ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ހުސެއިން ޝަމީމަށް ދިން ހަމަލާއާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.
ޕީޖީ ޝަމީމަށް މިދޔަ މަހު ފަހުކޮޅު ދިން ހަމަލާއާ ގުޅިގެން އިއްޔެ ހައްޔަރު ކޮށްފައިވަނީ އުމުރުން 22 އަހަރުގެ ޒަހާން ނަސީރު، ކެމީހިޔާ/ އދ. މާމިގިލީ އެވެ. އަދި މިއަދު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފަ އެވެ.
ޝަމީމަށް ހަމާލާ ދިން މައްސަލައިގައި މީގެ ކުރިން ދެ މީހަކު ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެ އެވެ.
ފުލުހުން ބުނެފައި ވަނީ ޝަމީމަށް ހަމަލާދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ފިޔަވައި އިތުރު ބަޔަކު ޝާމިލުވުމުގެ ފުރުސަތު އޮތުމާއެކު ތަހުގީގު ކުރިއަށްގެންދަނީ އެ ވިސްނުން ވެސް ބަހައްޓައިގެން ކަމަށެވެ.

ލުބުނާނުގެ ޕާސްޕޯޓު ލިބުމުން އިންފަންޓީނޯ އުފާފާޅުކޮށްފި
ޕްރިމިއާ ލީގުގެ 4 ކުޅުންތެރިއަކަށް ނަސްލީ ތަފާތުކުރި މައްސަލައެއް
ފުވައްމުލަކު ބަންޑަރަ ކިޅިއަށް އަނެއްކާވެސް ގެއްލުން ދީފި