އަލަތު ދަރިފުޅަށް ލިބެން އުޅޭކަން ބޮލީވުޑްގެ މަޝްހޫރު ދެމަފިރިން ކަމަށްވާ ރަންވީރު ސިންހްއާއި ދީޕިކާ ޕަދުކޯން އިއުލާން ކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެ ދެމީހުންގެ އިންސްޓަގްރާމް އެކައުންޓްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ އަންނަ ސެޕްޓެމްބަރު މަހު އެމީހުންގެ ދަރިފުޅަށް މަރުހަބާ ކިޔާނެ ކަމަށެވެ. އެއާއެކު އެ ދެމަފިރިން ވަނީ އާއްމުންގެ ހެޔޮ ދުއާއަށް އެދިފަ އެވެ.

ރަންވީރާއި ދީޕިކާއަށް އަލަތު ދަރިފުޅަށް ބަލިވެ އިންކަން އިއުލާން ކޮށްފައި މިވަނީ އެކަމުގެ އަޑުތަކެއް މިފަހުން މީޑިއާގައި ދައުރުވަމުން ދަނިކޮށެވެ.

https://www.instagram.com/p/C36wUZJovqw/?utm_source=ig_embed&ig_rid=f4b2b727-ce87-4236-b6d8-c18cd024bdbb

މި ހަބަރާއެކު ބޮލީވުޑްގެ ތަރިންގެ އިތުރުން އާއްމުން ވެސް އަންނަނީ ރަންވީރުގެ ދެމަފިރިންނަށް މަރުހަބާ ކިޔައި އުފާ ފާޅު ކުރަމުންނެވެ.

ހަ އަހަރު ދުވަހު ރައްޓެހި ވެގެން އުޅުމަށްފަހު ރަންވީރުއާއި ދީޕިކާ ކައިވެނި ކޮށްފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު އިޓަލީގަ އެވެ.