ފަތުރުވެރިއެއްގެ އަތުން 3،400 ޑޮލަރު ވަގަށް ނެގި ކަމުގެ ތުހުމަތުގައި ކެބިން ކްރޫއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިދިޔަ އަންގާރަ ދުވަހު ބ. އަތޮޅުގެ ރިސޯޓަކަށް ދިޔަ ފަތުރުވެރިއެއްގެ ދަބަހުން ގެއްލުނު 3،400 ޑޮލަރު އެ ފަތުރުވެރިޔާ ދަތުރު ކުރި ސީޕްލޭންގެ ކެބިން ކްރޫއެއްގެ އަތުން ފެނިފައިވާ ކަމަށެވެ.
އެ ފައިސާ ފެނުނީ، ފަތުރުވެރިޔާ އަތުގައި ހުރި ފައިސާގެ ތެރެއިން ބައެއް މަދުވެގެން މައްސަލަ ޖެއްސުމުން، ކްރޫއިންގެ ދަބަސްތައް ޗެކްކުރުމުން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާގެ ބަންދަށް 15 ދުވަސް ކޯޓުން އިތުރުކޮށްދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ފުރަތަމަ ހަ މަހު 2،500 ކުދިން އުފަންވިއިރު، 813 މީހުން މަރުވި
އީރާން އެކަހެރިކުރުމަށް ޗައިނާއިން އެހީތެރިވާނެ: ވެންސް
މަޖިލިސް ތެރޭގައި ސިއްރު އިންގިލާބެއް އެބަ ހިނގާ: ޔާމީން
